މަސްވެރިކަމާއި ގުޅޭ

bf

ދުނިޔޭގެ ރެކޯޑެއް، 22.7 ކިލޯގެ ކަޅު އުރަހަ ކަންނެއްޔެއް!

އެމެރިކާގެ މަޔާމީގައި ބޭއްވި މަސް ބޭނުމުގެ މުބާރާތެއްގައި މީހަކު ރެކޯޑު ސައިޒެއްގެ ކަޅު އުރަހަ ކަންނެއްޔެއް ބާނައިފިއެވެ.

އެމެރިކާގައި ފްލޮރިޑާގައި ބޭއްވި މަސް ބޭނުމުގެ މުބާރާތެއްގައި ބޮބް ކޮވަލްސްކީވަނި ދުނިޔޭގެ އައު ރެކޯޑެއް ހަދާފައެވެ. އެގޮތުން އޭނާ ބޭނި ކަޅު އުރަހަ ކަންނެލީގައި 22.7 ކިލޯ ހުރި އިރު، މިހާތަނަށް ރެކޯޑު ކުރެވިފައިވާ އެންމެ ބަރު ކަޅު އުރަހަ ކަންނެލީގައި ހުރީ 22.6 ކިލޯއެވެ.

އެ މަސް ބާނާފައިވަނީ 2006ގައި ފްލޮރިޑާއަށް ނިސްބަތްވާ މެތިއު އީ. ޕުލެންއެވެ.

ބޮބް އައު ރެކޯޑެއް ހަދާފައިވާއިރު، ދުނިޔޭގެ ރެކޯޑު ފޮތުގައި އެކަން ލިސްޓުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އެގޮތުން އެކަމަށް ބޭނުންވާ ލިޔެކިޔުންތައް މިހާރު ވަނީ ހުށަހަޅާފައެވެ.

އާއްމުގޮތެއްގައި އެމެރިކާގައި ބާނާ ކަޅު އުރަހަ ކަންނެލީގެ ބަރުދަނުގައި ހުންނަނީ 3 ކިލޯއެވެ.  ބްލެކްފިން ޓޫނާ ނުވަތަ ކަޅު އުރަހަ ކަންނެލީގެ ކޮތަރި ބައި ހުންނަނީ ކަޅު ކުލައިގައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!