މަސްވެރިކަމުގެ ދާއިރާއަށް އާ ތަރައްޤީތަކެއް ހޯދުމަށް މަގުފަހިކޮށްދިނުމަށް އުރީދޫއާއެކު މަޝްވަރާ ކޮށްފައިވާ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ މިއަދު އުރީދޫގެ ސީއީއޯ ޚާލިދު އަލްޙަމާދީ އާ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުވުން އޮތީ އުރީދޫ އޮފީހުގައެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ، އުރީދޫއިން މި ބައްދަލުވުން ބާއްވާފައި ވަނީ ވަޒިރުގެ ދައުވަތަކަށް ކަމަށެވެ.
އުރީދޫއާއެކު މިހާރަށްވުރެ ގުޅުން ހަރުދަނާކޮށް، ކުރިއަށް އޮތްތަނުގައި ލިބިދާނެ ފުރުޞަތުތައް ހޯދުމަށް މަޝްވަރާ ކުރެވުނު ކަމަށް މަސްވެރި ވުޒާރާއިން ބުންޏެވެ.
"އަޅުގަނޑުމެން އެކުގައި މަސްވެރިކަމުގެ ދާއިރާއަށް އާ ތަރައްޤީތަކެއް ހޯދުމަށް މަގުފަހިކޮށްދެމުން މިދަނީ" މަސްވެރިން ވުޒާރާއިން ބުންޏެވެ.