Sea-cucumber-diver

މާހައުލީ ނިޒާމުގައި ހުއިފިލަނޑާގެ ދައުރު

ހުއިފިލަނޑާއަކީ މާޙައުލީ ނިޒާމުގައި މުހިންމު ދައުރެއް އަދާކުރާ ދިރުމެކެވެ. މިގޮތުން، ކަނޑުގެ ފަސްގަނޑު އަދި ފަރުތަކުގެ މާޙައުލީ ނިޒާމްތަކުގެ ޖިސްމާނީ އަދި ކެމިކަލް ޕްރޮސެސްތައް ދެމެހެއްޓުމުގައި ހުއިފިލަނޑާ މުހިންމު ދައުރެއް އަދާކުރެއެވެ.

ކަނޑުގެ ފަސްގަނޑުން ކައިއުޅޭ ހުއިފިލަނޑާ ފަސްގަނޑުގެ މަތީ ފަށަލައިގައިވާ ވެއްޔާއި ޗަކައާ އެކުވެފައިވާ އޯގެނިކް މެޓީރިއަލް ކެއުމަށްޓަކައި މޫދުގެ ފަސްގަނޑު ކޮނެ ހެދުމުގެ ސަބަބުން ބިމުގެ ފަށަލަތައް އެތުރިފައިވާ ގޮތަށް އަސަރުކުރުވައެވެ. އަދި މިގޮތުން، ބިންގަނޑުގެ ފަށަލަތައް ވަކި ގޮތަކަށް ހަމަޖެހ،ި އެގޮތުގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.

ހަމަ އެފަދައިން، ލޮނު ގަނޑުގެ ތެރޭގައި އޮޔާއެކު ދައު ރުވާ ކުދި ސޫފި ކައި އުޅޭ ހުއިފިލަނޑާ، ފެނުގައި ހިމެނޭ ކާބޮނޭޓްގެ މިންވަރު އަދި ޕީއެޗް ބަދަލުކޮށް، ފެނުގެ ކޮލިޓީ ހިފަހައްޓައެވެ.

މީގެ އިތުރުން، ބެކްޓީރިއާ އަދި އޯގެނިކް މެޓީރިއަލް ކެއުމުގެ ސަބަބުނ،ް، އޯގެނިކް ހަކަތައިން މަދުވާ މިނަރަލްގެ ނިސްބަތް އަލުން އިއާދަކޮށްދިނުމުގައި އެސޮރުމެން ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.

އެހެންކަމުން ހުއިފިލަނޑާ ވެފައިވަނީ ފަރުތަކުގެ އަދި ކަނޑުގެ ބިންގަނޑުގެ އުފެއްދުންތެރިކަން އިތުރުކޮށްދޭ މުހިންމު ދިރުމެއް ކޮޕެޕޮޑްސް، ކަކުނި އަދި ޑިނގާ ފަދަ އެހެން ދިރުމެއްގެ ހަށިގަނޑުގެ ބޭރުފުށުގައި ތަތްކޮށްލައިގެން އޮވެ، އެދިރުމަކަށް ގެއްލުމެއް ނުވާނޭހެން ކޮންމެވެސް ގޮތަކުން އެދިރުމަކުން ފައިދާއެއް ލިބިގަންނަ ބާވަތްތަކަށް އަދި ޕްރޮޓޮޒޮއާ ފަދަ އެހެން ދިރުމެއްގެ ހަށިގަނޑުގެ އެތެރޭގައި އޮވެ އެދިރުމަކަށް ގެއްލުމެއް ނުވާނޭހެން އެދިރުމަކުން ކޮންމެވެސް ފައިދާއެއް ލިބިގަންނަ ބާވަތްތަކަށްވެސް ހުއިފިލަނޑާއަކީ މުހިންމު ދިރުމެކެވެ.

އަދި މީގެ އިތުރުންވެސް އެހެނިހެން މަސްމަހާމެއްސަށް ހުއިފިލަނޑާގެ ފަރާތުން ގިނަގުނަ ފައިދާތައް ލިބެއެވެ.

ހުއިފިލަނޑާއަކީ ކަނޑުގެ މާޙައުލުގެ ފުޑް ޗެއިން ދެމެހެއްޓުމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ދިރުމެކެވެ. މިގޮތުން ޒައްރާފެހި އަދި މަރުވެފައިވާ ދިރުންތަކުން އުފެދޭ އޯގެނިކް މެޓީރިއަލްތަކުން ހަކަތަ ހޯދައ،ި ކަނޑުގައި އުޅޭ ކަކުންޏާއި އިއްސާއި ޑިނގާ ފަދަ ދިރުންތަކަށް އެހަކަތަ ފޯރުކޮށްދެއެވެ.

މިކަމުގެ ސަބަބުނ،ް ފުޑް ޗެއިނަށް އިތުރު މުއްސަނދިކަން ގެނެސްދެއެވެ.

މިފަދަ ގިނަގުނަ ފައިދާތަކެއް ހުއިފިލަނޑާގެ ފަރާތުން މާޙައުލީ ނިޒާމަށް ލިއްބައިދޭއިރު، އެކަށީގެންވާ ގޮތަކަށް ބެލެހެއްޓުމެއް ނެތ،ި ހުއިފިލަނޑާ ނެގުމުގެ ސަބަބުން މާޙައުލީ ނިޒާމުގެ އުފެއްދުންތެރިކަމަށް ނޭދެވޭ އަސަރުތައް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!