Screenshot 2024-06-04 at 22.25.52

17 އަހަރުގެ ކުއްޖަކު ދުއްވި ސައިކަލެއް ހުއްޓުވި ފުލުހުންނަށް އިންޒާރު ދިން މައްސަލައެއް!

ކ. ގުރައިދޫގައި، 17 އަހަރުގެ ކުއްޖަކު ދުއްވި ސައިކަލެއް ހުއްޓުވި ފުލުހުންނަށް އިންޒާރު ދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ ކުއްޖާ ފުލުހުންނަށް އިންޒާރުދޭ ވީޑިއޯއެއް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

އެ ވީޑީއޯއާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، އެ ކުއްޖާ، ފުލުހުންނަށް އިންޒާރު ދީފައިވަނީ، އެ ކުއްޖާ ދުއްވި ސައިކަލު ހުއްޓުވައި މައުލޫމާތު ސާފުކުރަން އުޅުމުން ކަމަށެވެ.

"އެހެންކަމުން އެ ކުއްޖާ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ބެލެނިވެރިންގެ ހާޒިރުގައި ކުއްޖާއަށް ނަސޭހަތްދީ އެ ކުއްޖާ ވަނީ ބެލެނިވެރިންނާ ހަވާލުކޮށްފައި" ޝިފާން ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ އެ ކުއްޖާ ދެ ފުލުހުންނަށް އިންޒާރުދީ ނުކިޔަމަންތެރިކަން ދައްކާ މަންޒަރެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!