ބޮޑު ކަންނެލީގެ އަތުނަނުގެ މަސްވެރިކަން

ރީނދޫއުރަހަ ކަންނެލީގައި ދާވަނި އަޅުވައިގެން ކަންނެލި ދޯންޏަށް ނަގަނީ
ރީނދޫއުރަހަ ކަންނެލީގައި ދާވަނި އަޅުވައިގެން ކަންނެލި ދޯންޏަށް ނަގަނީ

ބޮޑު ކަންނެއްޔަށް ކުރާ އަތުނަނުގެ މަސްވެރިކަމަކީ، ދިގުމިނުގައި ގާތްގަނޑަކަށް 70 ސެންޓިމީޓަރަށްވުރެ ބޮޑ،ު ކަނޑުގެ މަތީ ފަށަލަތަކުން ދަތުރުކުރާ ރީނދޫއުރަހަ ކަންނެއްޔަށް އަމާޒުކޮށް ކުރެވޭ މަސްވެރިކަމެކެވެ.

މި މަސްވެރިކަމުގައި ބާނާ މަހުގެ ތެރެއިން 80 އިންސައްތަ އަށް ވުރެ ގިނައީ ދިގުމިނުގައި 102 އާއި 160 ސެންޓިމީޓަރާ ދެމެދުގެ މަހެވެ.

ވިޔަފާރި އުސޫލުން، ފުޅާ ދާއިރާއެއްގައ،ި ވަކި މަސްވެރިކަމެއްގެ ގޮތުގައި ރީނދޫއުރަހަ ކަންނެއްޔަށް އަމާޒުކޮށް މަސްވެރިކަން ކުރަން ފެށިފައިވަނީ 1990 ގެ އަހަރުތަކުގެ ފަހުކޮޅާއި 2000 ގެ އަހަރުތަކުގެ ކުރީކޮޅާ ދެމެދުގައެވެ. އެއީ އަމިއްލަ ކުންފުނިތަކުން ދުނިޔޭގެ ބާޒާރަށް ކަންނެލި ބޭރުކުރަން ފެށުމުގެ ސަބަބުންނެވެ.

މީގެކުރިންވެސް މޫސުމީ މަސްވެރިކަމެއްގެ ގޮތުގައި އަތުނަނުގައްޔާއ،ި ވަދުނަނުގައި އަދި ކޮންމެވެސް މިންވަރަކަށް ދޮށީގެ މަސްވެރިކަމުގައި ބޮޑުކަންނެލި ބާނައިފައިވެއެވެ.

އަދި އޭރު، މި މަސްވެރިކަން ކޮށްފައިވާ މައިގަނޑު ސަރަޙައްދުތަކަކީ ހއ. އަތޮޅު (އިރުވައި މޫސުމުގައި ނުވަތަ ޖަނަވަރީން އެޕްރީލް މަހާ ދޭތެރޭގައި)، މާލެ އަތޮޅު (މާރިޗުން ސެޕްޓެންބަރަށް)، އަދި ފުވައްމުލަކާއި އައްޑޫ އަތޮޅު (އެޕްރީލުން ނޮވެންބަރާ ދޭތެރޭގައި) ސަރަޙައްދުގައެވެ.

ޖަޕާނުގެ ސަޝީމީ ބާޒާރަށާއި ޔޫރަޕަށް ބޮޑުކަންނެލި ބޭރުކުރަން ފެށުމާ އެކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގައި ބޮޑުކަންނެލީގެ މަސްވެރިކަން ފުޅާވެގެން ދިޔައެވެ. މަސްވެރިކަމުގެ ދޯނިފަހަރާއ،ި މަސްވެރިންގެ އަދަދަށް ބަލާއިރު، ވަކިން ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައ،ި ދޮށީގެ މަސްވެރިކަމަށްވުރެ ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަން ކުރިއަރައިގެން ގޮސްފައިވާ ކަމަށް ބެލެވެއެވެ.

ކަންނެލި މަސްވެރިކަން ފުޅާވުމުގެ އިތުރު ސަބަބުތަކަށް ބަލާއިރު، ކަޅުބިލަމަހުގެ މަސްވެރިކަމަށްވުރެ ލިބޭ ނަފާ ނިސްބަތުން ރަނގަޅުވުމާއ،ި މާބޮޑު ޚަރަދަކާ ނުލައި އަދި އުޅަނދަށް ބޮޑެތިބަދަލުތަކެއް ނުގެނެސް، ދޮށީގެ މަސްވެރިކަމުން އަތުނަނުގެ ކަންނެލި މަސްވެރިކަމަށް ބަދަލުވެވުން ހިމެނެއެވެ.

ބޮޑުކަންނެލީގެ އުފެއްދުންތަކަކ،ީ މައިގަނޑުގޮތެއްގައި ތާޒ،ާ ފިނިކުރި މަހުގެ ގޮތުގައި ވައިގެމަގުން ބޭރު ކުރާ އުފެއްދުންތަކެއް ކަމުން، ބޮޑުކަންނެލި ގަނެ، ޕްރޮސްސްކުރާ ފެކްޓްރީތައް ޤާއިމުކޮށްފައިވަނީ ދިވެހިރާއްޖޭގެ ބައިނަލްއަޤުވާމީ ވައިގެ މައި ބަނދަރާ ކައިރި ސަރަޙައްދުގައެވެ.

ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ބަލާއިރ،ު އަތުނަނުގެ ރީނދޫއުރަހަ ކަންނެލީގެ މަސްވެރިކަމުގައި ބާނައިފައިވާ ނިސްބަތަކ،ީ މުޅި ރާއްޖެއަށް ބޭނި ކަނޑުމަހުގެ 26 އިންސައްތައެވެ.

މި މަސްވެރިކަމަކީ ހަމައެކަނި ރީނދޫއުރަހަ ކަންނެއްޔަށް އަމާޒުކޮށް ކުރެވޭ މަސްވެރިކަމެއް ކަމުނ،ް މި މަސްވެރިކަމުގައި ހިފޭ ބާވަތްތަކުގެ ތެރެއިން 96 އިންސައްތަ އަކީ ރީނދޫއުރަހަ ކަންނެއްޔެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ