ކަނޑުގެ ދުވަހު ބޭއްވުމަށް ފިޝަރީޒް މިނިސްޓްރީން އިއުލާނު ކޮށްފައިވާ ކުރެހުމުގެ މުބާރާތާއި މަޒުމޫނު ލިޔުމުގެ މުބާރާތުގައި ބައިވެރި ވުމުގެ ސުންގަޑި މާދަމާ ހަމަވާނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
"އަހަރެންގެ ކަނޑު" ތީމްގެ ދަށުން ހުޅުވާލާފައިވާ ކުރެހުމުގެ މުބާރާތަކީ އުމުރުން ހަތް އަހަރާއި13 އަހަރާ ދެމެދުގެ ކުދިންނަށް ބައިވެރިވެވޭ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރި ވުމުގެ ސުންގަޑިއަކީ، މާދަމާ 12:00 އެވެ.
މި މުބާރާތުގައި ބައިވެރި ކުރާ ކުރެހުންތައް ފޮނުއް ޖެހެނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް (ހ.ވެލާނާގެ، 7 ވަނަ ފަންގިފިލާ) އަށެވެ.
މިބާރާތުގެ ވަނަތައް:-
ކުރެހުން ވާންޖެހޭނ،ީ އޭ 3 ސައިޒްގައި ކުރަހާފައިވާ ކުރެހުމަކަށެވެ. އަދި ހުށަހަޅާ ކޮންމެ ކުރެހުމަކާއެކު ކުރެހުމުން ދޭންބޭނުންވާ ތީމާ ގުޅޭ މެސެޖެއް ނުވަތަ ކެޕްޝަނެއް ހިމަނަންޖެހެއެވެ. މެސެޖް ނުވަތަ ކެޕްޝަން ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން ނުވަތަ ދެބަސް ހިމެނޭގޮތަށްވެސް ހުށަހެޅިދާނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.
އެހެނިހެން ކަންތައްތައް:
• މުބާރާތުގެ އެއްވަނ،ަ ދެވަނަ އަދި ތިންވަނައަށް ހޮވޭ ކުރެހުން އަދި "ފޭންސް ފޭވަރިޓް ޑްރޯވި ންގ " ކުރެހި ފަރާތްތަކަށް އިނާމު ދިނުން އޮންނާނީ 2024 ޖޫން 8 ވަނަދުވަހު މިނިސްޓްރީގެ ފަރާތުން ބާއްވާ "ކަނޑު ރޯދި އުފާ ފެސްޓި ވަލް" ނިންމުމުގެ ރަސްމިއްޔާތުގައެވެ.
• މުބާރާތަށް ފޮނުވާ ކުރެހުމަކ،ީ އެ ކުރެހުން ކުރެހި ފަރާތެއްގެ އަމިއްލަ އުފެއްދުމަކަށް ވާންވާނެއެވެ. ހުށަހެޅިފައިވާ ކުރެހުމަކ،ީ އެހެން ފަރާތެއްގެ އުފެއްދުމެއް، މިލްކެއްކަމަށް މި މިނިސްޓްރީއަށް ފާހަގަ ކުރެވިއްޖެ ހާލަތެއްގައި އިތުރު އެންގުމަކާ ނުލައި އެ ކުރެހުމެއް މުބާރާތުން ވަކިކުރެވޭނެއެވެ.
• އެހެން ފަރާތެއްގެ ކުރެހުމެއް މުބާރާތުގައި ބައިވެރިކޮށްގެން އެއްވެސް ޒިންމާއެއް އުފުލަން ޖެހިއްޖެނަމަ، އެ ޒިންމާއެއް އުފުލަންޖެހޭނީ ކުރެހުން ހުށަހެޅި ފަރާތަކުންނެވެ.
• މުބާރާތަށް ހުށަހެޅޭ ކުރެހުންތައް ފިޝަރީޒް މިނިސްޓްރީގެ އެކިއެކި ކަންކަމުގައި ބޭނުންކުރެވޭނެއެވެ.
ދުނިޔޭގެ ކަނޑުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ކުރިއަށްގެންދަން ހަމަޖެހިފައިވާ މަޒުމޫނު ލިޔުމުގެ މުބާރާތު ތީމަކީ "އަހަރަމެންގެ ކަނޑު" މިއެވެ. މަޒުމޫނުލިޔުމުގެ މުބާރާތުގައި ބައިވެރިވެވޭނީ ދެ ކެޓެގަރީއަކުންނެވެ.
ކެޓަގަރީ 1 – މި ކެޓަގަރީގައި ބައިވެރިވެވޭނީ އުމުރުން 13 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށެވެ.
މި އުމުރުފުރާގެ ކުދިން މުބާރާތަށް ހުށައަޅަންޖެހޭ މަޒުމޫނުގެ ދިގުމިން – 1200 – 1500 ބަސް
ކެޓަގަރީ 2 – މި ކެޓަގަރީގައި ބައިވެރިވެވޭނީ އުމުރުން 17 އަހަރާއި 19 އަހަރާއި ދެމެދުގެ ކުދިންނަށެވެ.
މި އުމުރުފުރާގެ ކުދިން މުބާރާތަށް ހުށައަޅަންޖެހޭ މަޒުމޫނުގެ ދިގުމިން – 1500 – 1700 ބަސް
މަޒުމޫނު ހުށަހެޅުމުގެ ސުންގަޑިއަކީ ބުރާސްފަތި ދުވަހުގެ 12:00 އެވެ.
މަޒުމޫނު ފޮނުވަން ޖެހޭނީ މިނިސްޓްރީއޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް (ހ.ވެލާނާގ،ެ 7 ވަނަ ފަންގިފިލާ)
Admin@fisheries.gov.mv އަށެވެ.
މަޒުމޫނު ހުށައަޅާއިރު، އެ މަޒުމޫނެއް ލިޔުނު ފަރާތުގެ ނަމާއ،ި އައ.ިޑ.ީކާޑުގެ ނަންބަރު އެޑްރެސް، ގުޅޭނެ ފޯނު ނަންބަރެއް، މަޒުމޫނުގައި ހިމަނަން ޖެހެއެވެ. އަދި މަޒުމޫނާއެކު އައ.ިޑ.ީކާޑުގެ ކޮޕީ މިނިސްޓްރީ އަށް ފޮނުވަން ޖެހެއެވެ.
މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކާއި ދެވޭ އިނާމުތައް:
-1 1 ވަނަ އިނާމު: /- 3,000 ރުފިޔާ
-2 2 ވަނަ އިނާމު: /- 2,500 ރުފިޔާ
-3 3 ވަނަ އިނާމު: /- 1,500 ރުފިޔާ
މި ދެ މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7614000 އަށް ގުޅުމަށް ފިޝަރީޒް މިނިސްޓްރީން އެދެއެވެ.



