445502503_978514167611857_6188553241597108152_n

މަސްބާނާތަން ބަލަންހުރި މީހެއްގެ ބޮލަށް ބުޅިތަކެއް ހެރިއްޖެ

ފ. ދަރަނބޫދޫގައި މަސްބާނާތަން ބަލަންހުރި މީހެއްގެ ބޮލަށް ބުޅިތަކެއް ހެރިއްޖެއެވެ.

މި ހާދިސާ ހިންގާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

ހާދިސާގެ ފޮޓޯތައް ސޯޝަލް މީޑިޔާގައި ހިއްސާކުރި ފަރާތުން ބުނީ، މަސްބާނަން ހުރި މީހާ ހުރީ ބަނދަރު ނެރު ފައިކަށީގައި ކަމަށެވެ. އަދި އޭރު އެހިސާބުގައި ބަންގްލަދޭޝް މީހެއް ހުރި ކަމަށެވެ.

"މަސް ބާނަން އުޅުނު މީހެއްގެ އަތުން، މަހުން ޕޮޕާ ނެއްޓިގެން އަހިސް، ކައިރީހުރި ބަންގްލަދޭޝް މީހެއްގެ ބޮލަށް ބުޅިތައް ވަނީ" ސޯޝަލް މީޑިޔާގަައި ހާދިސާ ހިއްސާކުރި މީހާ ލިޔެފައި ވެއެވެ.

މަސްވެރިކަމުގައި ހަރަކާތްތެރިވާއިރު ބުޅި ހެރުމަކީ ކޮންމެވެސް ވަރަކަށް ރާއްޖޭގައި ހިނގާ ހާދިސާއެކެވެ. އެފަދަ ހާދިސާތަކުގައި ބައެއް ފަހަރަށް މީހުންނަސް ބޮޑެތި އަނިޔާތައް ލިބިފައިވެސް އެބަހުއްޓެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!