މަތިވެރީ ފަޅުތެރެޔަށް ވަން ކޯމަހެއް މަރުވެއްޖެއެވެ.
މަތިވެރީ ފޭސްބުކް ޕޭޖުގައި ވާގޮތުން، އެ ރަށު ބަނދަރުގެ ފަޅުތެރެޔަށް ދެ ކޯމަސް ވަނީ ރޭގެ ވަގުތެއްގައެވެ. އަދި އޭގެ ތެރެއިން އެއް ކޯމަސް މިއަދު ކަނޑަށް ދޫކޮށްލާފައިވާ ކަމަށް އެ ޕޭޖުން ބުންޏެވެ.
ނަމަވެސް އަނެއް ކޯމަސް ހެނދުނު ފެނުނު އިރުވެސް އޮތީ މަރުވެފައި ކަމަށް އެ ޕޭޖުން ބުންޏެވެ.
ކޯމަހަކީ އާއްމުކޮށް ފަޅުފަޅަށް ވަންނަ މަހެއް ނޫނެވެ. ކޯމަސް އުޅޭނީ ކަނޑުގައެވެ. ކޯމަހުގެ ހަރަކާތްތަކަކީ ދިވެހިންނާއި ފަތުރުވެރިންވެސް ބަލާ ފޫހިނުވާ މަންޒަރެކެވެ.



