ބޯވަޔަކީ ރާއްޖެއިން ވަރަށް ގިނައިން ނަގާ އުޅޭ ސީފުޑްގެ ބާވަތެކެވެ. ބޯވައިގައި ޒަރޫރީ ނިއުޓްރިއަންޓްސް ގިނަ އަދަދަކަށް ހުރުމުގެ ސަބަބުން ސިއްހަތަށް ގިނަ ފައިދާތަކެއް ކޮށްދެއެވެ.
ބޯވައިން ލިބޭ ސިއްހީ ފައިދާތައް:
ސްޓްރެސްއާ ދުރުކޮށްދިނުން:
ކަންކަމާ މާ ބޮޑަށް ފިކުރު ބޮޑުވެ، ކަންބޮޑުވަނީ ހެއްޔެވެ؟ އިތުރު ވިސްނުމަކަށް ނުގޮސް، ބޯވަކޮޅެއް އަރުން އެތެރެކޮށް އަޖުމަ ބަލާށެވެ. މީހާ ހަމަޖެހިދާނެއެވެ. އެއީ، ބޯވައިގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން އޮކްސިޑޭޓިވް ސްޓްރެސް އާ ދެކޮޅަށް މަސައްކަތްކޮށްދޭތީއެވެ
އޮކްސިޑޭޓިވް ސްޓްރެސްގެ ސަބަބުން ނަފްސާނީ ވަރުބަލިކަމާއި އެންޒައިޓީއަށް މަގުފަހިވެއެވެ.
ގިނަ އަދަދެއްގެ ޕްރޮޓީން އެކުލެވިގެންވޭ:
ބޯވަޔަކީ، ޕްރޮޓީން އެކުލެވިގެންވާ ވަރަށް ރަނގަޅު ވަސީލަތެކެވެ. މިއީ މަސްތައް ހެދިބޮޑުވުމަށާއި މުޅި ހަށިގަނޑު ބެލެހެއްޓުމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ.
ވިޓަމިންސް އާއި މިނަރަލްސް އިން މުއްސަނދި:
ބޯވައިގައި ވިޓަމިން ބީ12، ވިޓަމިން ބީ6، ވިޓަމިން އީ، ދަގަނޑު، ޒިންކް އަދި ކޮޕާ އެކުލެވިގެންވެއެވެ.
ކެލޮރީސް އާއި ފެޓް މަދުވުން:
ބޯވަޔަކީ ކެލޮރީސް އާއި ފެޓް މަދު އެއްޗެކެވެ. މިއީ ދުޅަހެޔޮ ބަރުދަނެއްގައި ހުރުމަށް ބޭނުންވާ މީހުންނަށް ރަނގަޅު ޗޮއިސެކެވެ.
އޮމެގާ-3 ފެޓީ އެސިޑްސް:
ބޯވައިގައި އޮމެގާ-3 ފެޓީ އެސިޑް އެކުލެވިގެންވާ އިރު، މިއީ ހިތުގެ ދުޅަހެޔޮކަމަށް އެހީތެރިވެދީ، އިންފްލެމޭޝަން ކުޑަކޮށްދީ، ސިކުނޑީގެ މަސައްކަތްތައް ރަނގަޅުކޮށްދޭ އެއްޗެކެވެ.



One Response
ބޯވަކާ ހިތްވާކުދިން ފްރެޝް ބާޒާރުގެ ބޯވަ އަޖުމަ ބަލާލާ. ވަރަށް ވަރަށް މީރު