ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީ އޮންނަ ޕާކިން ޒޯންގައި ހުރި ސައިކަލްތަކެއްގައި ރޯކޮށްލި މައްސަލާގައި މިހާކު ހައްޔަރު ކޮށްފި އެވެ.
އެ ސައިކަލުތަކުގައި ރޯކޮށްލީ މިދިޔަ އަންގާރަ ދުވަހުގެ ފަތިހު އެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލާގައި ހައްޔަރު ކުރީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި ހަތް ސައިކަލަކާއި ވޭނަކަށް ގެއްލުން ލިބިފައިވެ އެވެ. އޭގެ ތެރެއިން ތިން ސައިކަލެއް ބޭނުން ނުކުރެވޭ ވަނީ އަނދައިފައެވެ.