61E80FEE-04B1-4F32-BA6A-0D9A98911D76

ބިމުގެ ފެނާއި ކުންފުނީގެ ފެން އެއްވާގޮތަށް ކަނެކްޝަން ހަދަމުންދާކަން ވަނީ ފާހަގަކުރެވިފައި، މިއީ މަނާކަމެއް : ސްޓެލްކޯ

ސްޓެލްކޯއިން ފެނުގެ ޚިދުމަތް ފޯރުކޮށްދެމުންގެންދާ ރަށްރަށުގެ ފެނުގެ ނިޒާމަށް ހައުސް ކަނެކްޝަން ގުޅާއިރު، ބިމުގެ ފެނާއި އެކުންފުނިން ފޯރުކޮށްދޭ ފެން އެކުވާގޮތަށް، ކޮރެސް ކަނެކްޝަން ހަދަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ފެން މިގޮތަށް އެއްކުރުމަކީ ފެނާއި ނަރުދަމާގެ ޤާނޫނުގެ ދަށުން މަނާކަމެކެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނިން ފޯރުކޮށްދެމުންދާ ފެނުގެ ޚިދުމަތަކީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ޓެސްޓް ކުރެވިގެން ފޯރުކޮށްދެވޭ ޚިދުމަތަކަށް ވުމުން، މި ނިޒާމުގެ ތެރެއަށް އިތުރު އެއްވެސް ފެނެއް އެއްކުރެވޭ ނަމަ، އެކަމުގެ ސަބަބުން ފެން ތަޣައްޔަރުވެ، ފެނުގެ ޚިދުމަތް ބޭނުންކުރާ ހުރިހާ ރައްޔިތުން ޞިއްޙީ ނުރައްކާތެރި ކަމެއްގެ ތެރެއަށް ހުށަހެޅުމުގެ ފުރުޞަތު ވަރަށް ބޮޑު ވާނެ ކަމަށެވެ.

އެހެންކަމުން، އެހެނިހެން ގޮތްގޮތުން އުފައްދާފެން ސްޓެލްކޯގެ ފެނުގެ ނިޒާމާއި އެއް ނުކުރުމަށް (ކްރޮސްކަނެކްޝަން ނުހެދުމަށް) އެކުންފުނިން ވަނީ އަންގާފައެވެ.

އަދި މިގޮތަށް ކަނެކްޝަން ހަދާފައިވާ ތަންތަނުން މިއަދުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި މިކަން ރަނގަޅު ކުރުމަށް އަންގާފައިވާއިރު، މި މުއްދަތުގައި މިކަން ރަގަޅު ނުކުރާ ފަރާތްތަކާ މެދު ހަމަޖެހިފައިވާ އުޞޫލުން ފިޔަވަޅު އަޅަމުން ގެންދާނެކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!