މަސްވެރިކަމާއި ގުޅޭ

Screenshot 2024-06-06 064027

ނުބައިވަސް ދުވާތީ ޝައުގުވެރިކަން އުފެދިގެން ބެލި އިރު މާވަހަރެއް!

އިނގިރޭސިވިލާތުގެ މީހަކަށް އަގުބޮޑު މާވަހަރެއް ފެނިއްޖެއެވެ.

ކެން ވިލްމަން އޭނާ ގެންގުޅޭ ކުއްތާއާއި އެކު ބީޗުމަތީ ހިނގާލަން ނިކުމެ އުޅެނިކޮށް، ވަރަށް ނުބައިވަސް ދުވާ ގާ ގަނޑެއް ފެނުނެވެ. އެ ގާ ގަނޑު ފުރަތަމަ ފެނުނީ އޭނާގެ ކުއްތާއަށެވެ. އޭގައި ދުވާ ވަސް ނުބައި ކަމުން ވިލްމަން ބެލީ އަވަހަށް އެތަނުން ދުރަށް ދެވޭތޯއެވެ.

އެހެންނަމަވެސް އޭގެން އެހާ ނުބައި ވަސް ދުވަންވީ ސަބަބެއް ބެލުމަށް އޭނާ ޝައުގުވެރިވިއެވެ. އަދި އިންޓަރނެޓުގައި ޖެހުމުން އެއީ މާވަހަރަކަށް ވެދާނެ ކަމަށް އޮތުމުން އަލުން އަނބުރާ އެ ގާ ގަނޑު ފެނުނު ތަނަށް ވިލްމަން ދިޔައެވެ.

ނަސީބު ދިމާކުރިގޮތުން ވިލްމަންއަށް ފެނުނީ އަސްލުވެސް ހަމަ މާވަހަރެކެވެ.

ވިލްމަންއަށް ފެނުނު މާވަހަރުގެ އަގު ގާތްގަނޑަކަށް 85,626  ޑޮލަރަށް އަރައެވެ. އޭނާއަށް އެ އަގުގައި އޭތި ގަރުމަށް މިހާރުވެސް ފަރަންސޭސިވިލާތުގެ ސެންޓު އުފައްދާ ކުންފުންޏަކުން ވަނީ ހުށަހަޅާފައެވެ.

އެހެންނަމަވެސް ވިލްމަން އަދި ބޭނުންވަނީ މަޑުކޮށްލުމަށެވެ. އަދި އެންމެ ރަނގަޅު އަގެއް ހުށަހަޅާ ފަރާތަކަށް ވިއްކުމަށެވެ.

ބޮޑު މަހުގެ ބަނޑުގައި އުފެދޭ އެއްޗެއް ކަމަށްވާ މާވަހަރަކީ ދުނިޔޭގެ ބާޒާރުގައި އަގުބޮޑު އެއްޗެކެވެ. މިއީ ސެންޓު އުފައްދާ ކުންފުނިތަކުން ބޮޑު އަގުގައި ގަންނަ އެއްޗެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!