ދަލެއްގައި އޮޅިފައި އޮތް ވެލައެއް، އެމްޓީސީސީ މުވައްޒަފުން ސަލާމަތްކޮށްދީފިއެވެ.
ވެލާ ސަލާމަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިޔާގައި ދައުރުވެފައެވެ. އެ ވީޑިއޯގައި ބުނީ، މިއީ ފ. އތޮޅުގައި ހިނގި ހާދިސާއެއް ކަމަށެވެ.
އެގޮތުން، ފ. ނިލަންދޫ ކައިރީގައި އޮތް އޮއިވާލި ދާގަނޑެއްގައި އޮޅިފައި އޮތް ވެލައެއް ފެނުނީ ފ. އަތޮޅު އެމްޓީސީސީ ފެރީ، ކޮއިމަލާ3 އަށެވެ.
އޭރު ފެރީ ލޯންޗްގައި ތިބި ފަސް މުވައްޒަފުން ވެގެން ވެލާ މޫދުން ނަގައި، އޮޅިފައިވާ ދާގަނޑު ކޮށާލުމަށްފަހު ވެލާ ކަނޑަށް ދޫކޮށްލާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
ދާކަނޑުގައި ވެލާ ތާށިވުމަކީ ދޭތެރެއިން ފެންނަ މަންޒަރެކެވެ. ނަމަވެސް އެފަދައިން ދިމާވެފައިވާތަން ފެނުމާއެކު، މަންޒަރު ފެންނަ މީހުން ވެލާ ސަލާމަތްކޮށް ކަނޑަށް ދޫކޮށްލައެވެ.