މަސައްކަތުގެ މާހައުލުގައި ތަޖުރިބާ ދިނުމަށް އެމްޓީސީސީން ކުރިއަށް ގެންދާ “ހުނަވަރު” ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހުނަވަރު ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ހުނަވަރު ޕްރޮގްރާމްގެ މަޤްސަދަކީ ތަމްރީނާއި ތަޖުރިބާ ލިބިފައި ތިބި މަސައްކަތްތެރި މުއައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުންކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން، ވެލްޑަރ، މެރިން މެކޭނިކް، އިލެކްޓްރީޝަން، ފައިބަރގްލާސް ޓެކްނީޝަން، މެޝިނިސްޓް، ހެވީވެހިކަލް އޮޕަރޭޓަރ، އޮޓޯމޮބައިލް އިލެކްޓްރީޝަން، ހައިޑްޜޯލިކް މެކޭނިކް، ޓިންކަރ، ޓަގް އޮޕަޜޭޓަރުން ،ޑޮރޭޖް އޮޕަރޭޓަރ، ޑްރެޖް މެކޭނިކް ތަންރީންކުރުމަށްވަނީ ހަމަޖެހިފައެވެ.
ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް 5000 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކުދެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
އަދި އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ކުށުގެ ރިކޯޑްނެތް ދިވެހިންނަށް ހުޅުވާލާފައިވާ މި ޕްރޮގްރާމަށް ކުރިމަތިލެވޭ އެންމެ ފަހު ތާރީޚަކީ 11 މެއިއެވެ.



