ލޭނުގެ މަސްވެރިކަމަކީ ސަޤާފީގޮތުން ދިވެހިންގެ ކަނޑުމަސްވެރިކަމުގައި ހިމެނޭ މަސްވެރިކަމެއް ނޫނެވެ. 1985 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އަތޮޅުތަކުގެ 75 މޭލު ބޭރުގައ،ި ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ތެރޭގައ،ި ރީނދޫއުރަހަ ކަންނެއްޔާއ،ި ލޯބޮޑުކަންނެއްޔަށް އަމާޒުކޮށް ލޭނުމަސްވެރިކަންކުރުމަށް ބޭރުގެ އުޅަނދުފަހަރަށް ލައިސަންސް ދީފައިވެއެވެ.
ނަމަވެސް، ލައިސަންސްގައި ކަނޑައަޅައިފައިވާ ތަފާސްހިސާބު ފޯރުކޮށްދިނުމުގެ ޝަރުޠާ އެއްގޮތަށް ލައިސަންސް ލިބިފައިވާ ފަރާތްތަކުން ޢަމަލުކުރަމުން ގެންގޮސްފައިނުވާތީ، 1994 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައ،ި އޭރުގެ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަ ސްޓްރީޒުން ލޭނުމަސްވެރިކަމަށް ބޭރުގެ އުޅަނދުފަހަރަށް ދޫކޮށްފައިވާ ލައިސަންސްތައް ބާޠިލުކޮށްފައިވެއެވެ.
މިނިސްޓްރީން އެއްކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، ގާތްގަނޑަކަށް 1997 ވަނަ އަހަރެއްހައި ހިސާބުގައި ލޭނުމަސްވެރިކަމަށް އަލުން ލައިސަންސް ދޫކުރަން ފެށިއެވެ ކުރިއެކޭވެސް އެއްފަދައިން، ލައިސަންސް ދޫކޮށްފައިވަނ،ީ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒުންނެވެ. އަދި ބާނާ ކޮންމެ ކިލޯއަކަށް 1 ޑޮލަރުގެ މަގުން ރޯޔަލްޓީ ފީއެއް ނަގައިފައިވެއެވެ.
މިގޮތުގައި ލޭނުމަސްވެރިކަން 2010 ވަނަ އަހަރުގެ މެއި މަހާ ހަމައަށް ދެމިއޮތެވެ. ނަމަވެސް، ލޭނުމަސްވެރިކަމަކީ ދިވެހި ކުންފުނިތަކަކުން ކުރާ މަސްވެރިކަމަކަށް ހެދުމަށްޓަކައި ބޭރުގެ ފަރާތްތަކަށް ލައިސަންސް ދޫކުރުން ހުއްޓާލައ،ި 2011 ވަނަ އަހަރު އަލުން ލައިސަންސް ދޫކުރަން ފެށުނެވެ.
ލޭނުމަސްވެރިކަމުގެ ގަވާއިދު ވުޖޫދު ވުމާއެކު، ކުރިން 75 މޭލު ބޭރުގައި ކުރެވުނު ލޭނުމަސްވެރިކަން، 100 މޭލު ބޭރުން ފެށިގެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައ،ި ބައިނަލްއަޤުވާމީ ކަނޑުގައި (ހައިސީސް) ގައި ރީނދޫއުރަހަ ކަންނެއްޔާއި ލޯބޮޑުކަންނެއްޔަށް އަމާޒުކޮށް ލޭނުމަސްވެރިކަން ކުރުމުގެ ހުއްދަ ދެވުނެވެ. އަދި މި ގަވާއިދުގެ ދަށުން، ލޭނުމަސްވެރިކަން ކުރާ އުޅަނދުތަކުނ،ް އައ.ިއ.ޯޓ.ީސީ ގެ ގަވާއިދުތަކާ އެއްގޮތަށް ވެސަލް މޮނިޓަރިންގ ސިސްޓަމް (ވ.ީއެމ.ްއެސް) ހަރުކުރުމާއ،ި ވެސަލް މާކިންގ އަދި ގަވާއިދުން ލޮގުފޮތް މެދުވެރިކޮށް މަސްވެރިކަމުގެ މަޢުލޫމާތު ރިޕޯޓު ކުރުމަށް ލާޒިމުކުރެވިގެން ދިޔައެވ.ެ ނަމަވެސ،ް ލޭނުމަސްވެރިކަމުގައި ހަރަކާތްތެރިވި އުޅަނދުފަހަރުން ގަވާއިދުން މަސްވެރިކަމުގެ މަޢުލޫމާތު ރިޕޯޓްކުރަމުން ނުދިއުމާއ،ި ޤާނޫނާއި ގަވާއިދާ ޚިލާފު ހަރަކާތްތަކެއް މި އުޅަނދުފަހަރުން ގުޅިގެން ހިންގަމުން ގެންގޮސްފައިވާތ،ީ ލޭނުމަސްވެރިކަމަށް ލައިސަންސް ދިނުން 2019 ވަނަ އަހަރު ސަރުކާރުން ހުއްޓާލައިފައިވެއެވެ.
ލޭނުމަސްވެރިކަމުގައި 2019 ވަނަ އަހަރު ބާނައިފައިވަނީ ޖުމުލަ 564 ޓަނުގެ ކަނޑުމަހެވެ. މީގެ ތެރެއިން މައިގަނޑު ބާވަތަކީ ރީނދޫއުރަހަ ކަންނެއްޔެވެ. އެއ،ީ މި މަސްވެރިކަމުގައި ބާނާފައިވާ ކަނޑުމަހުގެ ބާވަތްތަކުގެ 84 އިންސައްތައެވެ. ކަނޑުމަހުގެ ބާވަތްތަކުގެ އިތުރުން ލޭނުމަސްވެރިކަމުގައި ހިބަރުގެ ބާވަތްތައްވެސް ކޮންމެވެސް މިންވަރަކަށް ބާނައެވެ.



