މަސްވެރިކަމާއި ގުޅޭ

ހުޑްވިންކާ ފިޝް
ހުޑްވިންކާ ފިޝް

ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތުގެ ސަން ފިޝްއެއް ލައްގައިފި

ވަރަށް ތަފާތު ސިފައެއް ޖަހާ މަހެއް އެމެރިކާގެ ބީޗަކަށް ލައްގައިފިއެވެ.

އެމެރިކާގެ އޮރެގަން ސްޓޭޓުގެ ބީޗަކަށް ލައްގާފައިވަނީ 7.3 ފޫޓުގެ ހޫޑުވިންކާ ސަންފިޝްއެކެވެ. މި މަސް އެ ބީޗަށް ލެއްގުމާއި ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން ވަނީ މިމަހަށް ލިބިފައެވެ.

މިއީ ކަނޑުގެ ވަރަށް އަޑީގައި އުޅޭ މަހަކަށްވުމުން މިއީ އާއްމުކޮށް ފެންނަ ބާވަތުގެ މަހެއް ނޫނެވެ. އެހެންކަމުން މި މަސް ބަލާލުމަށް ގިނަ ބަޔަކު އެ ބީޗަށް ގޮސްފައިވެއެވެ.

މި ބާވަތުގު މަހަކީ ވަރަށް ހޫނު ހިސާބުތަކުގައި އުޅޭ މެހެވެ. އެހެން ނަމަވެސް މިފަހުން އެލަސްކާ ފަދަ ފިނި ހިސާބުތަކަށްވެސް މި ބާވަތުގެ މަސް ވަނީ ލައްގާފައެވެ.

ހުޑްވިންކާ އަކީ ސަންފިޝްގެ ބާވަތްތަކުގެތެރެއިންވެސް އެންމެ މަދުން ފެންނަ ބާވަތެކެވެ. އެހެންކަމުން މި މަސް ހަމަ ލޮލަށް ބަލާލުމަށް އެ ސަރަހައްދުގެ އެކުއޭރިއަމުންވެސް ވަނީ އާއްމުންގެ ފަރާތުން އެދިފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!