ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު ގައި، ފަޅުފަޅުން މަަސްވެރިކަން ކުރުމަށް ބާބެއް ހާއްސަ ކޮށްފައިވެއެވެ. އެ ބާބުގައި ވާ ބައިތައް:-
މީހުން ދިރިއުޅޭ ރަށްރަށުގެ ފަޅުން މަސްވެރިކަން ކުރުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ދަށުން ރަށްރަށުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ފަޅުގެ ސަރަޙައްދުގެ ތެރޭގައި ކުރެވޭ މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ބެލެހެއްޓުމާ ގުޅޭގޮތުން، ހަދާ ގަވާއިދުތަކާއި އުސޫލުތައް ހަދަންވާނ،ީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި، މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކާ ތައާރުޒު ނުވާނޭހެންނެވެ.
ވަރުވާއަށް ނުވަތަ ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުން މަސްވެރިކަން ކުރުން
މިނިސްޓްރީން ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށްރަށުގެ ފަޅުންނާއި އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުން މަސްވެރިކަން ކުރަންވާނ،ީ އެ ރަށެއް އެގްރީމަންޓު ކުރެވިފައިވާ ފަރާތެއްގެ ހުއްދަ ލިބިގެންނެވެ. އަދި މި ހުއްދަ ދޫކުރަންވާނ،ީ މަސްވެރިކަމުގެ ޤާނޫނާއ،ި އެ ޤާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއ،ި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކާ އެއްގޮތަށެވެ.
ޓޫރިސްޓް ރިސޯޓުގެ ފަޅުން މަސްވެރިކަން ކުރުން
ޓޫރިސްޓް ރިސޯޓު ހަދައިފައިވާ ރަށްރަށުގެ އިޚްތިޞާޞްގެ ތެރޭގައިވާ ފަޅުގެ ސަރަޙައްދުން، މަސްވެރިކަން ކުރަންވާނ،ީ އެ ރިސޯޓުގެ މެނޭޖްމަންޓުން ހުއްދަ ލިބިގެންނެވެ. އަދި މި ހުއްދަ ދޫކުރަންވާނ،ީ މަސްވެރިކަމުގެ ޤާނޫނާއ،ި އެ ޤާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި، މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކާ އެއްގޮތަށެވެ.



