މަސްވެރިކަމާއި ގުޅޭ

Screenshot 2024-06-09 at 15.04.25

މަޑް ކްރެބް: ރާއްޖޭގައި ބޮޑު މާކެޓެއް އެބަ އޮތް، ރަނގަޅު އާމްދަނީއެއް ހޯދިދާނެ!

ރާއްޖެއަކީ، ފަތުރުވެރިކަމުގައި ދުނިޔޭގެ އެއް ވަނަ އެވެ. ރާއްޖޭގައި 100 އަށް ވުރެ ގިނަ ރިސޯޓު އޮޕަރޭޓްކުރާއިރު، 1،000 ގާތްކުރާ އަދަދަށް ގެސްޓު ހައުސް އޮޕަރޭޓް ކުރެއެވެ. ސަފާރީއާއި ޔޮޓް ފަހަރުތައްވެސް އެހާމެ ގިނައެވެ. އަހަރެއްގެ މައްޗަށް އެތައް ލައްކަ ފަތުރުވެރިން ރާއްޖެ އަންނައިރު، ރާއްޖޭގެ އިގްތިސޯދުގެ މައި ނާރަކީވެސް ފަތުރުވެރިކަމެވެ. ފަތުރުވެރިންގެ ރާއްޖެއަށް ވައްދާ ފައިސާއަކީ، ރާއްޖޭގެ މުޅި އިގްތިސޯދު އެކަމަށް ބަރޯސާވެފައިވާ ކަމެކެވެ.

ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖެ އަންނަނީ ރާއްޖޭގެ ގުދުރަތީ ވެށިން އުފާ ހޯދުމަށެވެ. ސާފު ދޮންވެލި ގޮނޑުދޮށްތަކާއި، މޫދެވެ. ރީތި ފަރުތަކާއި ސާފު ޕޮއިންޓުތަކެވެ. ޗަލިނަރީއަކީވެސް ފަތުރުވެރިން ރާއްޖެ، އައުމުގެ މުހިންމު ބައެކެވެ. ރާއްޖޭގެ ރިސޯޓުތާއި ގެސްޓުހައުސްތަކުގައި ހަދާ މީރު ކާތަކެއްޗަކީވެސް، ފަތުރުވެރިންގެ ހިތް ދަމައިގަންނަ ކަންކަމެވެ. ނަމަވެސް، އެ މީރު ކާތަކެތި ތައްޔާރުކުރުމަށް ބޭނުންވާ ވަސީލަތްތައް ގިނަ ފަހަރު ޖެހެނީ އިމްޕޯޓް ކުރާށެވެ. ރާއްޖެއިން އެތަކެތި އެކަށީގެންވާ ވަރަށް ނުލިބޭތީއެވެ. އޭގެ އެންމެ ބޮޑު އެއް މިސާލަކީ، ރާއްޖޭގައި މަދުން ނަމަވެސް އުޅޭ "މަޑް ކްރެބް" އެވެ.

"މަޑް ކްރެބް" އަކީ، ކަލިނަރީ ދާއިރާގައި މަޝްހޫރު އެއްޗެކެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޗައިނާއިން ކަމަށްވާއިރު، އެ ގައުމުގައި، "މަޑް ކްރެބް" އަކީ ލަގްޒަރީއެކެވެ. އެ ގައުމުގައި އެއީ އަގުބޮޑު އެއްޗެކެވެ. "މަޑް ކްރެބް" ބޭނުންކޮށްގެން ތައްޔާރުކުރާ ތަފާތު ބާވަތްތަކީ، އެ ގައުމުގައި މަޝްހޫރު ބާވަތްތަކެވެ. ޗައިނާގެ އިތުރުން، ޔޫރަޕުގެ ގައުމުތަކާއި ދެކުނު އޭޝިއާގައިވެސް "މަޑް ކްރެބް" މަޝްހޫރެވެ.

ރާއްޖޭގެ ރިސޯޓުތަކުގެ ފަތުރުވެރިންގެ ކެއުމަށް ބޭނުންވާ "މަޑް ކްރެބް" މިހާރު އެތެރެކުރަނީ ރާއްޖެއިން ބޭރުންނެވެ. ނަމަވެސް "މަޑް ކްރެބް" އަކީ ރާއްޖޭގައިވެސް އާލާކުރެވިދާނެ އެއްޗެކެވެ. އެއީ، މަޑްގްރެބް އާންމު ގޮތެއްގައި އުޅެނީ، ކަނޑޫފާތަކާއި، ޗަސް ބިންތަކުގައި ކަމަށްވާތީއެވެ. އެފަދަ ބިންތައް އެކުލެވޭ ގިނަ ރަށްރަށް ރާއްޖޭގައި އެބަ އޮތެވެ.

އޭގެ ތެރެއިން އެއް ރަށަކީ ށ. ފުނަދޫއެވެ. ފުނަދުއާއި ޖެހިގެން އޮންނަ ދަށްފަޅަކީ "މަޑް ކްރެބް" އާލާވާ ތަނެކެވެ. އެ ރަށު މީހުން އެ ކަކުނި ނަގައި ކައިވެސް އުޅެއެވެ. ބައެއް ފަހަރު ވިޔަފާރީގެ ގޮތުންވެސް އެކަން ކޮށް އުޅެއެވެ.

ރާއްޖޭގައި "މަޑް ކްރެބް" އަށް ބޮޑު މާކެޓެއް އޮތް އިރު، ރާއްޖޭގައި "މަޑް ކްރެބް" އާލާކޮށް އާމްދަނީ ހޯދޭތޯ ބަލަން ހާއްސަ ދިރާސާއެއް މޯލްޑިވްސް މެރިން ރިސާޗް އިންސިޓިއުޓް (އެމްއެމްއާރްއީ) އިން ކުރަމުން އަންނަ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެފައިވެއެވެ.

މިނިސްޓަރުވެސް ވަނީ "މަޑް ކްރެބް" އަކީ ރިސޯޓު މާކެޓު އޮތް ބާވަތެއް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން، ރާއްޖޭގެ ކަނޑުފަޅުގެ ނަފާ ފުރިހަމައަށް ހިފުމަށް "މަޑް ކްރެބް" އިން ނަފާ ހޯދޭނެ ގޮތްތަކެއް ބެލުމަކީވެސް މުހިންމު ކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.