viber_image_2024-06-09_20-01-26-248

ސީޕްލޭނެއް އެކްސިޑެންޓް ވެއްޖެ

ބ. އަތޮޅު ރިސޯޓަލަށް ޖެއްސި ސީޕްލޭނެއް އެކްސިޑެންޓް ވެއްޖެއެވެ.

ފުލުހުން ބުނީ، ބ. އަތޮޅު ރިސޯޓަކަށް ސީޕްލޭނެއް ޖައްސަން އުޅުމުގެ ތެރޭގައި އެކްސިޑެއްޓެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެއް މީހަކަށް އަނިޔާ ނުވާކަމަށްވެސް ފުލުހުން ބުންޏެވެ.

އެކްސިޑެންޓްވެ ދިޔަ ވެފައި ވަނޯ މިރިއަންދޫ ރިސޯޓަށް ޖެއްސި ޓީއެއްއޭގެ ސީޕްލޭނެކެވެ. ސޯޝަލް މީޑިޔާގައި އާއްމު ވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބޯޓުގެ ފަހަތް ވަނީ ދިޔަވެފައެވެ. އަދި ބޯޓުން މީހުން ބާލާފައި ވަނީ ކުޑަ ލޯންޗަކަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!