އއ. ތޮއްޑޫ----
އއ. ތޮއްޑޫ----

ތޮއްޑޫ ކައުންސިލް އިދާރާގެ ފުރާޅަށް ގާ އުކައި، ހަމަނުޖެހުން ހިންގި މައްސަލައިގައި 8 މީހަކު ހައްޔަރުކޮށްފި

އއ. ތޮއްޑޫ ކައުންސިލް އިދާރާގެ ފުރާޅަށް ގާ އުކައި، ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން 8 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މައްސަަ ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

ދަނޑުވެރިކަމަށް ބިން ދޫކުރުމުގައި ކައުންސިލުން އަމަލުކުރިގޮތާ މެދު ހިތްހަމަނުޖެހިގެން އެ ރަށު ކައުންސިލު ކުރިމައްޗަށް އާންމުން އެއްވެ މުޒާހަރާކޮށް
ހަމަނުޖެހުން ހިންގީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ. އެ ހަމަނުޖެހުމުގައި ފުލުހަކަށް އަނިޔާ ފަރުވާވެސް ދިނެވެ.

ފުލުހުން ބުނި ގޮތުގައި، މުޒާހަރާކުރި މީހުންގެ ތެރެއިން ބައެއް މީހުން ކައުންސިލް އިދާރާއަށް ގައު އުކުމުގެ ސަބަބުން އެ އިދާރާގެ ދޮރުގެ ބިއްލޫރިތައް ތެޅި ބައެއް ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މުޒާހަރާކޮށްފައި ވަނީ ތޮއްޑޫ ގޮއިބިން ހިމެނޭ ސަރަހައްދުން ދަނޑުވެރިކަން ކުރަން ދިން މުއްދަތު ހަމަވެ، ތިން މަސް ވީއިރުވެސް ކައުންސިލުން އެ ބިންތައް ދޫކޮށްފައި ނުވާތީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!