މަސްވެރިކަމާއި ގުޅޭ

ކަލައިދޫ
ކަލައިދޫ

އީދު ފާހަގަކުރުމަށް ކަލައިދޫގައި މަސް ރޭހެއް

އަޟުހާ ޢީދު ފާހަގަކުރުމަށްޓަކައި ލ. ކަލައިދޫގައި މަސް ރޭހެއް ބޭއްވުމަށް ނިންމައިފިއެވެ.

ކަލައިދޫ ކައުންސިލުން ބުނީ މިއީ ޢީދުގެ އުފަލުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުމުގެ ބޭނުމުގައި ރަށުތެރެއިން ބައިވެރިވާ ޓީމްތަކެއްގެ މެދުގައި ވަކި އުޞޫލުތަކަކާއި ޤަވައިދު ތަކެއްގެ މަތިން ބާއްވާ މަސްރޭހެއްކަމަށެވެ.

މަސް ރޭހުގައި ބައިވެރިވާ ކޮންމެ ޓީމަކަށްވެސް ނަމެއް ދީފައި އޮންނަން ޖެހެއެވެ. އަދި ކޮންމެ ޓިމެއްގައިވެސް ޓީމު ލީޑަރަކު(ކެޔޮޅު) ހުންނަން ޖެހޭނެ ކަމަށާއި ކޮންމެ ޓީމެއްގައިވެސް ހިމަނަންވާނީ މަދުވެގެން 5 މީހުން ނުވަތަ ގިނަވެގެން 8 މީހުންކަމަށް ކައުންސިލުން ބުނެއެވެ.

އެއްވެސް މުއައްސަސާއެއްގެ ނަމުގައި މަސްރޭހުގައި ބައިވެރި ނުވެވޭނެކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

  1. މި މަސްރޭހުގައި ހޮވުމަށް ކަނޑައެޅިފައި ވަނީ:
  • މަސްރޭހުން 1 ވަނަ އެންމެ މަތިން ކިލޯކިރާ ޓީމަކަށް 3000ރ ރުފިޔާ
  • މަސްރޭހުން 2 ވަނަ އެންމެ މަތިން ކިލޯ ކިރާ ޓީމަކަށް 2000ރ ރުފިޔާ
  • މަސްރޭހުން 3 ވަނަ އެންމެ މަތިން ކިލޯ ކިރާ ޓީމަކަށް 1500ރ ރުފިޔާ
  • މަސް ރޭހުގައި ބައިވެރިވާ ޓީމްތަކުގެ ތެރެއިން އެންމެ ބަރު މަސް ބާނާ ފަރާތަކަށް 500ރ

މަސް ދަތުރު ބޭއްވުމަށް ހަމަޖެހިފައިވަނީ 20 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ލ.ކަލައިދޫ ބަނދަރު  ސަރަޙައްދުންނެވެ. މަސްރޭހުގައި ބައިވެރިވާ ހުރިހާ އުޅަނދެއް 10:45 ގައި ބަނދަރުގައި އޮންނަންވާނެކަމަށެވެ.

މަސް ރޭހުގެ ބައިވެރިން އެނބުރި ކަލައިދޫ އަށް އަންނާނީ އެ ދުވަހުގެ ހަވީރު 17:00 ގައިކަމަށް ކައުންސިލުން ބުނެއެވެ.

 

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.