މުދާ އުފުލާ ދޯނިފަހަރު ކަންނެލި ޖެޓީ ބޭނުންކުރާތީ ދަތިވާ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނެފިއެވެ.
އެ ޔޫނިއަންއިން ބުނީ، ކަންނެލި ޖެޓީ ސަރަހައްދަކީ މަސްވެރިންނަށް ހާއްސަ ކުރެވިފައިވާ ސަރަހައްދެއް ކަމަށެވެ. ނަމަވެސް މުދާ އުފުލާ ބައެއް ދޯނި ފަހަރު އެ ސަރަހައްދު ބޭނުން ކުރަމުންދާތީ މަސްވެރިނަށް ދަތިވާ ކަމަށް އެ ޔޫނިއަންއިން ފާހަގަ ކުރިއެވެ،
އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، އެ ކަންބޮޑުވުމަށް ހައްލެއް ހޯދުމަށްޓަކައި އެޗްޑީސީ އާއެކު މަސައްކަތް އެބަ ކަމުންދާ ކަމަށެވެ.
"މިވަގުތު ފޭސް 3 ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިޔަށް ދާތީއާއެކު ހުޅުމާލޭ ފަޅުގެ ޖާގައިގެ ދަތިކަން ހުރިކަން ފާހަގަކުރަން" މިނިސްޓަރު ވިދާޅުވުއެވެ.