ބިޒްނަސް ސެންޓަރ ކޯރޕަރޭޝަން (ބީސީސީ)އިން ހުޅުމާލޭ ކޮންޓެއިނާ ޕާކު ސަރަހައްދުގައި "ހިޔަލަ ވީކެންޑް މާކެޓު" ގެ ނަމުގައި ޤާއިމުކޮށްފައިވާ ކިއޮސްކުތަކުގައި ދިވެހި ކުދި އަދި މެދު ފަންތީގެ އަންހެން ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ފަހިކުރުމުގެ ގޮތުން 1 އަހަރު ދުވަހުގެ މުއްދަތަށް ކިއޮސްކުތައް ކުއްޔަށް ހިފުމަށް ހުޅުވާލާފައިވާ ފުރުސަތަށް އެދުމުގެ ސުންގަޑި އިތުރު ކޮށްފިއެވެ.
ބީސީސީއިން ބުނީ، އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކޭނެ މަގުފަހިކޮށްދިނުމަށްޓަކައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެގުމުގެ މަތިން މި ކޯޕަރޭޝަނުން ހުޅުމާލޭ ކޮންޓެއިނާ ޕާކު ސަރަހައްދުގައ މަ ގާއިމުކޮށްފައިވާ "ހިޔަލަ ވީކެންޑް މާކެޓު" ގެ ކިއޮސްކުތަށް ކުއްޔަށް ހިފުމަށް އެދި އެޕްލިކޭޝަން ހުށަހަޅުމުގެ ފުރުސަތު ހުޅުވައިލާ ކަމަށެވެ.
މި ކިއޮސްކުތައް މެދުވެރިކޮށް ދިވެހި އަންހެން ވިޔަފާރިވެރިންނަށް ވިޔަފާރި ކުރުމުގެ އިތުރު ފުރުސަތުތައް ފަހިވެ، ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށް އެ ކޯރޕަރޭޝަނުން ދެކެއެވެ.
މި ހުޅުވައިލެވުނު ފުރުސަތާއެކު "ހިޔަލަ ވީކެންޑް މާކެޓު" ގެ ކިއޮސްކުތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، 13ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ހުށަހެޅުމަށް އެ ކޯޕަރޭޝަންގެ އިއުލާނުގައި އެދިފައި ވެއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު މި އިޢުލާނާއިއެކު ހުށަހެޅިފައިވާ މަޢުލޫމާތު ކަރުދާހުން، ނުވަތަ 3305555 އަށް ގުޅުއްވައިގެން އަދި hiyala.market@bcc.mv އަށް އީމެއިލް ކުރެއްވުމުން ލިބޭނެއެވެ.