މަސްވެރިކަމާއި ގުޅޭ

coral-bleaching-at-lizard-island3-jpg-qnpetiscws2lgd15e7t4bm3pg4h9usbuf0owub2rns

ގާ ހުދުވާތީ ވަގުތީ ގޮތުން އެޅި ފިޔަވަޅުތައް އުވާލައިފި

ގާ ހުދުވާތީ ވަގުތީ ގޮތުން އެޅި ފިޔަވަޅުތައް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އުވާލައިފިއެވެ.

ފަރުތަކުން ގާ ހުދުވާތީ، ބިންހިއްކުންފަދަ މަޝްރޫތައް އެއް މަސް ދުވަހުގެ މުއްދަތަށް މެދުކަނޑާލަން އީޕީއޭއިން އެންގީ މިިދޔަ މަހުގެ10 ވަނަ ދުވަހުއެވެ. އެހެންކަނުން އިއްޔެއަށް އެ މުއްދަތު ވަނީ ހަމަވެފައެވެ.

އީޕިއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ އޭޖެންސީގެ ޕްރެސް ރިލީޒްގައި ބަޔާންކޮށްފައިވާ ފަދައިން، ފަޅުކޮނުމާއި ބިންހިންކުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލަން އަންގާފައިވަނީ، މިހާރު ހިނގަމުންދާ ގާހުދުވުމުގެ މައްސަލައާ ގުޅިގެން ފަރުގެ މާހައުލަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް އެޅިފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

ގާ ހުދުވާތީ، ބިންހިއްކުންފަދަ މަޝްރޫތައް މަސްދުވަހަށް މެދުކަނޑާލަނީ

އެ ގޮތަށް މެދުކަނޑާލަން އަންގާފައިވާ އެންގުން މިއަދުގެ ނިޔަލަށް ނިމުމަކަށް އައިކަމުގައި ވިޔަސް، ގާހުދުވުމުގެ މައްސަލަ އަދިވެސް ދެމިއޮތްކަން، ދަންނަންޖެހޭ ކަމަށް އީޕީއޭއިން ފާހަގަ ކުރިއެވެ.

ދިވެހިރާއްޖެ މިހާރު ވަނީ އެލާޓް ލެވެލް، ލެވެލް 1 އަދި 2 އިން ވޮޗް ސްޓޭޓަސް އަށް ބަދަލުވެފައެވެ. ނަމަވެސް، ފަޅު ކޮނުމުގެ މަސައްކަތަށް އެނބުރި ރުޖޫޢަވާއިރު، އީ.އައި.އޭ ރިޕޯޓުގައި މަސައްކަތުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އީޕީއޭއިން އިލްތިމާސް ކުރިއެވެ.

ހަމައެހެންމެ، ބިންހިއްކުމާއި ފަޅުފުންކުރުމުގެ މަޝްރޫޢުތަކުގައި، މިވަގުތު މޫދާއި ފަރު ހިމެނޭ ސަރަޙައްދުތަކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތް ނޫން އެހެން ހުރިހާ ކަމެއް އޯގަސްޓް މަހުގެ ފަހުން ކުރިއަށްގެންދާގޮތަށް ހަމަޖެއްސުމަށް އީޕީއޭއިން އެދިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.