މަސްވެރިކަމާއި ގުޅޭ

އދ. ފެންފުށި -- ފޮޓޯ/ ފެންފުށީ ކައުންސިލްގެ އިދާރާ (ފޭސްބުކް)
އދ. ފެންފުށި -- ފޮޓޯ/ ފެންފުށީ ކައުންސިލްގެ އިދާރާ (ފޭސްބުކް)

އީދު ފާހަގަކުރަން ފެންފުށީގައި މަސްރޭހެއް ބާއްވަނީ

އަޟްހާ އީދުގެ މުނާސަބަތުގައި މަސްރޭހެއް ބާއްވަން އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާއިން ނިންމައިފިއެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އެ ރަށުގައި ކުލަގަދަކޮށް އީދު ފާހަގަކުރުމުގެ ގޮތުން ކުޅިވަރު މުބާރާތްތަކެއް ބޭއްވުމަށް ހަމަޖެހިފައެވެ. މިގޮތުން ބޭއްވުމަށް ހަމަޖެހިފައި ވާ ކަމަށެވެ. އެ މުބާރާތްތަކަކީ:-

1 - މަސްރޭސް

2 - ހުނިރޮށި ފިހުމުގެ މުބާރާތް

3 - ވާދެމުމުގެ މުބާރާތް

4 – ފައިގަތަޅާ ކުޅުމުގެ މުބާރާތް

މިމުބާރާތް ތައްކުޅެވޭނެގޮތުގެ ޤަވާއިދު، އިއުލާނާއެކު ވަނީ އާއްމުކޮށްފައެވެ.

ފެންފުށި ކައުންސިލުން ބުނީ، މި މުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 13 ޖޫން 2024 ވާ ބުރާސްފަތިދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ފުރިހަމަކޮށް އެ ކައުންސިލަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

މުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ ފޯމް އެ ކައުންސިލްގެ އިދާރާއިން ލިބޭނެ ކަމަށާއި އަދި މީގެ އިތުރުން މިފޯމް މިމުބާރާތްތަކުގެ ޤަވާއިދާއެކު ގެޒެޓްކުރެވިފައިވާނެ ކަމަށް ފެންފުށީ ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.