މަސްވެރިކަމާއި ގުޅޭ

big_AWPJRYJ0Z1N70oTTs2p9oHnte

އިންޑިއާއާއެކު އޮތް ގުޅުމުގެ ތެރެއިން ރާއްޖެއަށް އިހުނަށްވުރެވެސް ރަނގަޅު ކަންކަން ވާނެ: ރައީސް

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން ކުރިއަށްވުރެވެސް ރަނގަޅު ކަންކަން ވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ތިން ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވި ނަރެންދުރަ މޯދީ އެ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީގެ ހާއްސަ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި ހުންނަވައި "ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަވިޔުއެއްގައި ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުމުގެ "އެކުވެރި ގާތް ގުޅުމުގެ" ތެރެއިން ކަންކަން ކުރާނީ ދިވެހި ރައްޔިތުންނަށް އެންމެ ހެވާ ލާބަ ލިބޭ ގޮތްތައް ބަަލައިގެން ކަމަށެވެ. އަދި އެއީ ރާއްޖެ ހިމެނޭ ސަރަހައްދަށްވެސް ރަނގަޅު ދަތުރުފުޅެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެ ގައުމުގެ ރައީސާ ދުރޫޕަދީ މުރްމޫއާއި، އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާވެސް ބައްދަލުކުރައްވާފައެވެ.

"ރާއްޖެއަށް އިރާދަކުރެއްވިއްޔާ ރަނގަޅު ކަންތައްތައް ކުރިއަށް އޮތްތަނުގަ ދެގައުމުގެ ގުޅުމުގެ ތެރެއިން ކުރިއަށްވުރެވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވެގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ރައީސް ވިދާޅުވި އެވެ.

މޯދީ ހުވާކުރެއްވުމުގެެ ރަސްމިއްޔާތަށް ރައީސް އިންޑިއާ އަށް ވަޑައިގަތީ އާދިއްތަ ދުވަހު އެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މިއަދު ވަނީ މާލެ ވަޑައިގެންފަ އެވެ. މިއީ ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އިންޑިއާއަށް ރައީސް ކުރެއްވި ފުރަތަމަ ދަތުރުފުޅެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.