މަސްވެރިކަމާއި ގުޅޭ

ހުޅުމާލެ- މޭއި 02، 2022: މި އަހަރުގެ ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ކުޑަކުދިންތަކެއް ފެންކުޅި ކުޅެނީ.--- ފޮޓޯ:ނިޝާން އަލީ/މިހާރު
ހުޅުމާލެ- މޭއި 02، 2022: މި އަހަރުގެ ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ކުޑަކުދިންތަކެއް ފެންކުޅި ކުޅެނީ.--- ފޮޓޯ:ނިޝާން އަލީ/މިހާރު

ހަވާ އެރުވުމާ ސަގާފީ ހަރަކާތްތަކާއި ކުޅިވަރުތަކާއެކު ބޮޑު އީދަށް ހުޅުމާލެ ތައްޔާރު!

ތަފާތު ގިނަ ހަރަކާތްތަކާ އެކު މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ތައްޔާރީތައް އެޗްޑީސީ އިން ފަށައިފިއެވެ.

"މައި ހުޅުމާލެ ޢީދު އުފާ ޕަވަރޑް ބައި ދިރާގު" ނަމުގައި ތިން ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ މި އިވެންޓަކީ ދިވެހިންގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތަކާއި ކުޅިވަރުތަކާއެކު ކުރިއަށް ގެންދާ އިވެންޓެއް ކަމަށް އެޗްޑީސީން ބުނެއެވެ.

މި އިވެންޓުގެ ޓައިޓަލް ސްޕޮންސަރ ގެ ގޮތުގައި ހަމަ ޖެހިފައިވަނީ ދިރާގެވެ. އަދި ގޯލްޑް ސްޕޮންސަރ ގެ ގޮތުގައި ޝީޝާ މޯލްޑިވްސްއެވެ.

އެޗްޑީސީން ބުނީ، އަޟްހާ އީދުގެ ފޯރިގަދަ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ 15 ޖޫން ވާ ދުވަހުގެ ރޭގަނޑު، އީދު ވެދުމާދިމުގެ ފޯރިގަދަ ހަރަކާތުން ކަމަށެވެ.

އަދި ހުޅުމާލޭގައި މިއަހަރު އަޟްހާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމަށް ހަމަޖެހިފައިވަނީ ފޭސް 1ގެ ސިންތެޓިކް ޓްރެކް އަދި ފޭސް 2ގެ ކްރިކެޓްސްޓޭޑިއަމްގައި ކަމަށާއި ޢީދު ނަމާދަށްފަހު ސިންތެޓިކް ޓްރެކުގައި ދިރާގު އީދު ބޮނޑިބަތް އޮންނާނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، އެޗްޑީސީން ބުނީ، 16 އަދި 17 ޖޫން ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޢީދުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި، ދިވެހިންގެ ދުވަސްވީ ސަގާފަތް ދައްކުވައިދޭ ބޮޑު މަސް ދުއްވުން، މާލި ޕެރޭޑު އަދި ކޯޑިކެޑުން ފަދަ ތަފާތު ހަރަކާތްތައް ހިމެނޭ ކަމަށެވެ.

މި ޢީދު އުފާ ކުޅިވަރުތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރާއި ހަވާއެރުވުމުގެ ހަރަކާތްތައްވެސް ކުރިޔަށްދާނެ ކަމަށް އެޗްޑީސީންީ ބުނެއެވެ.

އެޗްޑީސީން ބުނީ، ދިވެހި ފަންނާނުންގެ ލައިވް މިއުޒިކް ހުށަހަޅައިދޭ ދިރާގު އީދު ޝޯ އަކީ މި އީދުގެ ފޯރި އިތުރަށް ގަދަވާނެ އެއް ހަރަކާތް ކަމަށެވެ.

މީގެ އިތުރުން މި އީދު ހަރަކާތްތަކުގައި ބައިވެރިވެލައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިފަރާތަކަށް އީދު ހަދިޔާގެ ގޮތުގައި ޝީޝާ މޯލްޑިވްސް ގެ ފަރާތުން 160 ސީސީ އެއަރ ބްލޭޑް ސައިކަލެއް ދިނުމަށް ހަމަޖެހިފައި ވާކަމަށް އެޗްޑީސީން ބުނެއެވެ.

އެހެންކަމުން ތަފާތު އެކި ހަރަކާތްތަކާއެކު ކުރިއަށްގެންދާ "މައި ހުޅުމާލެ ޢީދު އުފާ" އާ އެކު މިއަހަރުގެ އަޟްހާ ޢީދު ވެގެންދާނީ ވަރަށް ފޯރިގަދަ ޢީދަކަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.