ދިވެހި ޕާސްޕޯޓެއް -- ފޮޓޯ/ ސަރުކާރު
ދިވެހި ޕާސްޕޯޓެއް -- ފޮޓޯ/ ސަރުކާރު

ޢީދު ބަންދުގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ: އިމިގްރޭޝަން

ޢީދު ބަންދުގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ އީދު ބަންދުގައި ހިދުމަތް ދޭނީ މިމަހު 17 އިން ފެށިގެން 20ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި އިމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަންގެ އޮފީހަށް ހާޒިރުވެ ޕާސްޕޯޓަށް އެދެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

ހުށަހެޅޭނެ ގަޑިތަކަކީ ހެނދުނު 9:00 އިން މެންދުރު 1:00އާ ދެމެދުއެވެ.

އެ ދުވަސްތަކުގައި ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 8:30 އިން ހަވީރު 4:00 އަށެވެ. ކިއުބީ އެޕް ބޭނުންކޮށްގެން ނުވަތަ އިމިގްރޭޝަންގެ ކައުންޓަރަށް ގޮސްގެން ކިއު ނަންބަރު ނެގޭނެއެވެ.

މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަންގެ ހޮޓްލައިން 9555333އަށް ގުޅުމަށް އިމިގްރޭޝަނުން އިލްތިމާސްކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!