އުމުރުން 130 އަހަރުގެ އަލްޖޭރިއާ އަންހެނަކު ހައްޖަށް

Screenshot 2024-06-12 at 15.32.00

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރާ އުމުރުން އެންމެ ދުވަސްވީ މީހާގެ ގޮތުގައި އުމުރުން 130 އަހަރުގެ އަލްޖީރިއާ އަންހެނަކު ސައޫދީއަށް ހިނގައްޖެ އެވެ.

ސަރުހޫދާ ސިއްތީތު ސައޫދީއަށް ފޭބުމާއެކު ސައޫދީ އެއާލައިނުން ވަނީ އޭނާ އަކީ މި ފަހަރު ހައްޖުގެ އަޅުކަން އަދާކުރާ އުމުރުން އެންމެ ދުވަސްވީ މީހާ ކަމަށް ވާތީ، އެކަން ފާހަގަކުރުމަށް ހާއްސަ އިވެންޓެއް ބާއްވައިފައެވެ.

މިއީ ސަރުހޫދާ މައްކާގެ ހަރަމްފުޅަށް ދާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2019 ވަނަ އަހަރު ފުރަތަމަ ފަހަރަށް އުމްރާގެ އަޅުކަންވެސް އޭނާ ފުރިހަމަކުރި އެވެ.

އޭގެ ފަހުން މިދިޔަ އަހަރު ވެސް އޭނާ އުމްރާގެ އަޅުކަން އަދާކުރި އެވެ.

ސައޫދީން ބުނެފައިވާ ގޮތުގައި މި އަހަރުގެ ހައްޖުގެ އަޅުކަމަށް ރަޖިސްޓްރީވެގެން ހޮނިހިރު ދުވަހުގެ ނިޔަަލަށް 1.3 މިލިއަނަށް ވުރެ ގިނަ މީހުން މިހާރު ވަނީ ސައޫދީއަށް ގޮސްފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ