ހދ. ނޮޅިވަރަމުން ކުކުޅު، ބަކަރި ފަދަ ޖަނަވާރު ގެންގުޅުމަށް ބިން ދޫކުރުމަށް ނިންމައިފިއެވެ.
ނޮޅިވަރަމު ކައުންސިލުން ބުނީ ހދ. ނޮޅިވަރަމު ހުޅަނގު ފަރާތުން ކުކުޅު، ބަކަރި ފަދަ ޖަނަވާރު ގެންގުޅުމަށް ކައުންސިލުން ކަނޑައަޅާފައިވާ ސަރަޙައްދުން 03 ބިމެއް 05 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކުރެވުނު އިޢުލާން ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ބީލަން ހުށަހަޅާފައިނުވާތީ ބާޠިލުވެފައިކަމަށެވެ.
ކައުންސިލުން ބުނީ މިހާރު މި ސަރަޙައްދުން ދޫކުރުމަށް ހަމަޖެހިފައިވަނީ 05 ބިމެއްކަމަށެވެ. ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން 27 ޖޫން 2024 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ކުރިން ރަޖިސްޓްރީކުރަންޖެހެއެވެ.
ބީލަމުގައި ބައިވެރިވުމަށް މިއިދާރާގެ ނަންބަރ 6520043 އަށް ގުޅައިގެން ނުވަތަ އޮންލައިންކޮށް ވެސް ރަޖިސްޓްރީކުރެވޭނެއެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކަށް ހދ.ނޮޅިވަރަމު ކައުންސިލްގެ އިދާރާއަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 9 ޖުލައިގެ 10:00ގައި އަންދާސީހިސާބު ހުށަހެޅުމަށްވަނީ ހުޅުވާލާފައެވެ.



