ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.
އެގޮތުން، ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ތެލިގެ އަގު ވަނީ، ޝެޑް ތަކުން ވިއްކާ އަގަށް ތިރިކޮށްފައެވެ.
ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކޮށްފައި ވާއިރު، މިފްކޯގެ މަސް ފެކްޓްރީ ހުންނަ ރަށްރަށުން މިހާރުވެސް މަސްވެރިންނަށް ތެޔޮ ދޫކުރަނީ ހާއްސަ އަގެއްގައެވެ.
އެސްޓީއޯއިން ވިއްކާ ޕެޓްރޯލްއާއި ޑީސަލްގެ އަގު ވަނީ މިފަހުން ހެޔޮކޮށްފައެވެ. އެޔާއެކު މިހާރު އެފްއެސްއެމްގެ ޝެޑްތަކުން ޕެޓްރޯލް ވިއްކަނީ، ލީޓަރެއް13.98 ރުފިޔާއަށެވެ. އަދި ޑީސަލް ވިއްކަނީ، ލީޓަރެއް13.92 ރުފިޔާއަށެވެ.
މަސްވެރީންނަށް ބޭނުންވާނެ ތެޔޮ، ބޭސް ރޭޓުގައި، އެސްޓީއޯ މެދުވެރިކޮށް މިފްކޯއިން ވިއްކަން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ވައުދުފުޅެކެވެ.



