ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ރަނގަޅުވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓުން ބުނީ، އީދު ދުވަހާއި އެކު، ކުރިއަށް އޮތް ފަސް ދުވަހު ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރި ނަމަވެސް ދުވަހުގެ ބޮޑުބައިގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ވައި ޖެހޭނެ ކަމަށް މެޓުން ލަފާކުރަނީ، ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު8-18 މޭލުގެ ބާރުމިނުގައެވެ. އެހެންކަމުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށެ މެޓުން ބުނެއެވެ.
މި ފަސް ދުވަހު ރާޅުގެ އުސްމިން ހުންނާނެ ކަމަށް މެޓުން ލަފާކުރަނީ،5-3 ފޫޓުގައެވެ.
ހަފްތާ ބަންދަށް ލަފާކުރެވޭ މޫސުން 'މަސްވެރިން އޮންލައިން' އާ ހިއްސާކުރަމުން މީގެ ކުރިން މެޓުން ބުނީ، ހަފްތާ ބަންދުގައި އުތުރާއި މެދު ރާއްޖެ ތެރެއަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ. އަދި ދެކުނަށް މޫސުން އެހާ ގޯސް ނުވާނެ ކަމަށް މެޓުން ބުނެއެވެ.
އީދާ ގުޅިގެން، ފެށޭ ހަފްތާ ބަންދުވާނެއެވެ. އެހެންކަމުން އީދަށް އެހި ހިސާބުތަކަށް ފުރާަ މީހުން މި ހަފްތާ ބަންދުގައި ދަތުރުކުރާނެއެވެ.
ކަނޑު ގަދަ ދުވަސްވަރެއް ނަމަ ނުވަތަ މޫސުމް ގޯސްނަމަ، ދަތުރަށް ފެށުމުގެ ކުރިން، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރެއެވެ.



