އެމްޓީސީސީއިން މިދިޔަ 2 އަހަރުގެ ހިއްސާގެ ފައިދާ ބަހަން ނިންމައިފިއެވެ.
އެމްޓީސީސީއިން ނިންމާފައިވަނީ މިދިޔަ އަހަރަށް އަހަރަށް ޙިއްޞާގެ ފައިދާގެ ގޮތުގައި ޙިއްޞާއަކަށް 3 ރުފިޔާ ބަހަން ނިންމައިފިއެވެ.
އެމްޓީސީސީއިން ވަނީ 3 ރުފިޔާ، ޖުމްލަ -/24,113,247 (ސައްވީސް މިލިއަން އެއްލައްކަ ތޭރަހާސް ދުއިސައްތަ ސާޅީސް ހަތެއް) ރުފިޔާ ބަހާގޮތަށް، 2023 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ހުށަހެޅުމަށް، 2024 ޖޫން 08 ވަނަ ދުވަހު ބޭއްވި މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއިން ނިންމާފައެވެ.
2023 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާ ލިބޭނީ، 2024 ޖޫން 23 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ޙިއްޞާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ހިއްސާދާރުންނަށް ކަމަށެވެ.
މީގެއިތުން ޖޫން 11 ވީ އަންގާރަ ދުވަހު ބޭއްވި އެކުންފުނީގެ ޚާއްސަ ޢާންމު ޖަލްސާގައި، 2022 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގުގެ ކޮންމެ -/05 (ފަހެއް) ރުފިޔާގެ ޙިއްޞާއަކަށް، -/04 (ހަތަރެއް) ރުފިޔާ، ޖުމްލަ -/32,150,996 (ތިރީސް ދެމިލިއަން އެއްލައްކަ ފަންސާސްހާސް ނުވަސަތޭކަ ނުވަދިހަ ހައެއް) ރުފިޔާ ދޫކުރަން ނިންމާފައިވާކަމަށް އެމްޓީސީސީއިން ހާމަކުރެއެވެ.
މިގޮތުން ޙިއްޞާގެ ފައިދާ ނެންގުމަށް، މިކުންފުނީގައި ބޭންކް އެކައުންޓް ރަޖިސްޓްރީ ކޮށްފައިނުވާ އަދި އެކައުންޓަށް ބަދަލު އައިސްފައިވާ ޙިއްޞާދާރުން، މިކުންފުނީގެ ވެބްސައިޓުގައިވާ "ޙިއްޞާގެ ފައިދާއަށް އެދޭ ފޯމު" މެދުވެރިކޮށް ހުށަހެޅުމުން އެފަރާތްތަކުގެ ޙިއްޞާގެ ފައިދާ ޖަމާކޮށްދޭނެ ކަމަށް އެމްޓީސީސީއިން ހާމަކުރެއެވެ.