ކިނބިދޫ ނެރާ ދިމާލުން އޮތް ކުޑަ ރަށަށް ލޯންޗެއް އުރިއްޖެ

ރަށަށް އެރި ލޯންޗު--- އިބްރާހިމް ރިލްވާން
ރަށަށް އެރި ލޯންޗު--- އިބްރާހިމް ރިލްވާން

ތ. ކިނބިދޫ ނެރާ ދިމާލުން އޮތް ކުޑަ ރަށަށް ލޯންޗެއް އުރިއްޖެއެވެ.

އެނގިފައިވާ ގޮތުގައި އެ ރަށަށް އުރިފައިވަނީ މާލެ ދަތުރުކުރާ ތ. ގުރައިދޫ ލޯންޗެކެވެ. އެ ލޯންޗު އުރުނީ ކިނބިދޫއަށް މީހުން ހުސްކުރުމަށް ފަހު ނެރުން ނުކުންނަން އުޅުނު ވަގުތުއެވެ.

މިއަދު ހަވީރު 5:00 ހާއިރު ހިނގި މި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބުނުކަން ސާފެއް ނޫނެވެ. ނަމަވެސް އެ ލޯންޗު އޮތީ ރަށަށް އަރައި ހިކިފައެވެ.

އެ ލޯންޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެނގިފައިވާގޮތުގައި މިއީ އެ ލޯންޗު ކުރި ދެވަނަ ދަތުރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. ތި ފޮޓޯ ނެގި ފަރާތަށް ފޮޓޯ ކްރެޑިޓް ދޭންޖެހޭ. ދެރަ ކަންކަން

ފަހުގެ