މަސްވެރިކަމާއި ގުޅޭ

ފަރުމަހެއް ބާނާފައި، ފޮޓޯ- ފަރެސްމާތޮޑާ މަސްވެރިން
ފަރުމަހެއް ބާނާފައި، ފޮޓޯ- ފަރެސްމާތޮޑާ މަސްވެރިން

އީދު ފާހަގަކުރުމަށް ފަރެސްމާތޮޑާގައި މަސް ރޭހެއް ބާއްވަނީ

ގދ. ފަރެސްމާތޮޑާގައި އީދު ފާހަގަކުރުމަށްޓަކައި މަސް ރޭހެއް ބޭއްވުމަށް ނިންމައިފިއެވެ.

މިއަހަރުގެ އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ފަރެސްމާތޮޑާގައި ގިނަ ހަރަކާތްތަކެއް ހިންގުމަށްވަނީ ރާވާފައެވެ. އެގޮތުން އެރަށުގައި މަލިކު ގުރޫޕަކުން ޝޯވ ދިނުމަށްވެސްވަނީ ހަމަޖެހިފައެވެ.

އީދުގެ ހަރަކާތްތަކުގެތެރެއިން މަސްރޭހެއް ބޭއްވުމަށް ހަމަޖެހިފައިވަނީ 17 ޖޫންގައެވެ. އެއީ އަންނަ ހޯދަ ދުވަހެވެ.

އެދުވަހު މެންދުރުފަހު 2 ޖަހާއިރު ފަށާ މި މަސްރޭސް ނިމޭނީ ރޭގަނޑު 8 ޖަހާއިރުއެވެ. މި މަސްރޭހުގައި ބައިވެރިވާ ކޮންމެ ޓީމަކަށްވެސް 5 ލީޓަރުގެ ޕެޓްރޯލް ކައުންސިލުން ދޭނެއެވެ.

އެއްވަނަ އަށް ހޮވޭ ޓީމަކަށް 1500 ރުފިޔާ

2ވަނަ އަށް ހޮވޭ ޓީމަކަށް 1000 ރުފިޔާ

3ވަނަ އަށް ހޮވޭ ޓީމަކަށް 500 ރުފިޔާ

އީދު ފާހަގަކުރުމަށްޓަކައި ރަށްރަށުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެތެރެއިން މަސް ރޭހަކީ ގިނަ ބައެއްގެ ތަރުހީބު ލިބޭ ހަރަކާތެއްކަން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!