މަސްވެރިކަމާއި ގުޅޭ

މަސް ކިރުވަނީ، ފޮޓޯ : އަވަސް އޮންލައިން
މަސް ކިރުވަނީ، ފޮޓޯ : އަވަސް އޮންލައިން

މަސް ކުންފުނިތަކުން މަސް ގަނެފައިވާ އަދަދު %34 ދަށްވެއްޖެ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މަސް ކުންފުނިތަކުން މަސް ގަނެފައިވާ އަދަދު %34 ދަށްވެފައިވާކަމަށް އެމްއެމްއޭއިން ހަމާކޮށްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނެރެފައިވާ ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައިވާގޮތުން މަސްވެރިކަމުގެ ސިނާއަތްވަނީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދަށްވެފައެވެ. އެމްއެމްއޭގެ ރިޕޯޓުގައިވާގޮތުން އަހަރުގެ ފުރަތަމަ ކުއާޓަރުގައިވަނީ 21941 ޓަނުގެ މަސް މަސްކުންފުނިތަކުން ގަނެފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު %34 ދަށް އަދަދެކެވެ.

މަސް ގަނެފައިވާ މިންވަރު ދަށްވެފައިވަނީ ކަޅުބިލަމަސް ގަނެފައިވާ މިންވަރު %33 ދަށްވުމާއި، ކަންނެލި ގަނެފައިވާ މިންވަރު %36 ދަށްވުމެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައި ތާޒާ ކަޅުބިލަމަހުގެ އަގުތައް ހުރީ ކިލޯއެއް 19.7 ރުފިޔާއެވެ. އައިސް އެޅި ކަޅުބިލަމަހުގެ އަގު ހުރީ ކިލޯއެއް 21.7 ރުފިޔާއަށެވެ. މަހުގެ އަގުތައްވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ އިތުރުވެފައެވެ.

މިއީ މިފްކޯއިން މަސް ގަންނަ އަގު މިދިޔަ ސެޕްޓެމްބަރުމަހުގެތެރޭގައި ބޮޑު ކުރުމާއި ގުޅިގެން އަގަށް އައި ބަދަލެއް ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

ކަންނެލީގެ އަގުތައް ހުރީ ފުރަތަމަ ކުއާޓަރުގައި ކިލޯއެއް 63.4 ރުފިޔާއަށެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އަގުހުރީ ކިލޯއެއް 58.7 ރުފިޔާއަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!