މަސްވެރިކަމާއި ގުޅޭ

މީހަކު ފިތުރު ޒަކާތް ދައްކަނީ
މީހަކު ފިތުރު ޒަކާތް ދައްކަނީ

މުދަލު ޒަކާތުގެގޮތުގައި ލިބުނު އަދަދަށް ބޮޑު ކުރިއެރުމެއް

މިދިޔަމަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.
މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ، މީރާގެ މިދިޔަ މެއިމަހުގެ މާލީ ރިޕޯޓުގައިވާގޮތުން އެމަހުގެ ތެރޭގައި މުދަލު ޒަކާތުގެގޮތުގައިވާ އަދަދުވަނީ މިދިޔަ އަހަރުގެ މެއިމަހާ އަޅާ ބަލާއިރު ދެ ގުނަ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މެއިމަހު މުދަލު ޒަކާތުގެގޮތުގައި 4.5 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއަހަރުގެ މެއި މަހު މުދަލު ޒަކާތުގެގޮތުގައި ލިބިފައިވަނީ 9.1 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ %102 އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި ވަނީ 46.4 މިލިއަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 48.1 މިލިއަން ރުފިޔާގައެވެ. އެހެންކަމުން މިއީ %3.5 ދަށް އަދަދެކެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.
2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާއަށް ބަދަލު ކޮށްފައެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިންނެވެ. އެ ވުޒާރާއިން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައިވަނީ މިދިޔަމަހުގެ ތެރޭގައެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 9353.40 ރުފިޔާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!