މަސްވެރިކަމާއި ގުޅޭ

Handhuvaree

ގއ. ނިލަންދޫ "ހަނދުވަރީ"

"ހަނދުވަރީ" ދޯންޏަކީ ކަޅުބިލަމަހުގެ މަސްވެރިކަމުގައި ރާއްޖޭގެ އެންމެ ކުރީ ސަފުގައި ފާހަގަކޮށްލެވޭ ދޯންޏެކެވެ.

2018 ވަނަ އަހަރު ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ ފަރާތްތަކަށް އެންމެ ގިނަ އަދަދަކަށް ކަޅުބިލަސް ކިރުވާފައިވަނީ ހަނދުވަރީ އެވެ. ޖުމްލަ 862 ޓަނުމަސް 2018 ވަނަ އަހަރު މި ދޯނިން ވަނީ ކިރުވާފައެވެ. އެކަން ފާހަގަ ކުރުމުުގެ ގޮތުން 2019 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު ފިޝަރީޒް މިނިސްޓްރީއިން ވަނީ ހަނދުވަރީ ދޯންޏަށް ހަނދާނީ ފިލައެއް ދީފައެވެ.

މިހާރުވެސް 28 ފަޅުވެރިންނާއިއެކު މަހަށްދާ ދޯނި، ކަޅުބިލަމަހުގެ މަސްވެރިކަމަށް ނުކުތީ މީގެ 12 އަހަރުކުރިންނެވެ. ހަނދުވަރީ ދޯންޏަކީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައްތަކާއިއެކު މަހަށްދާ ދޯންޏެކެވެ. ރާޑަރު ސިސްޓާމާއި ފިނިކުރާ ނިޒާމް ހަރުކޮށްފައި ހުރެއެވެ.

ހަނދުވަރީ ދޯނި - ފޮޓޯ: ހަނދުވަރީ ފޭސްބުކް ޕޭޖް

މިދޯނި އެއްދުވަހުން 30 ޓަނަށްވުރެ ގިނައިން މަސްބޭނި ދުވަސްތައް ވަރަށް ގިނައެވެ.

މި ދޯނީގެ ކެޔޮޅަކީ ގއ. ނިލަންދޫ، އަޙްމަދު ރަޝީދެވެ.

ގުޅުންހުރި ލިޔުންތައް