IMG_8259

މަރުވީ ތިލަމާލެ ބުރިޖުގައި މަސައްކަތް ކުރަަމުންދިޔަ މީހެއް: މިނިސްޓްރީ

މަރުވެފައިވަނީ ތިލަމާލެ ބުރިޖުގައި މަސައްކަތް ކުރަމުން ދިޔަ މީހެއް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނެފަައިވަނީ މިދިޔަ އަންގާރަ ދުވަހު މަރުވެފައިވަނީ ސިނަމާލެ ބުރިޖުގައި މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށް ބުނެ މީޑިއާތަކުގައި ހަބަރު ފަތުރާފައިވާތީއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މަރުވެފައި ވަނީ ތިލަމާލެ ބުރިޖު ސައިޓުގައި މަސައްކަތް ކ ކުރަމުންދިޔަ އިންޑިއާ ރައްޔިތެއްކަމަށެވެ. އަދި މި މައްސަލަ ކޮންޓްރެކްޓަރާއި ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ ހާދިސާ ދަނީ ތަހުގީގު ކުރަމުންދާ ކަމަށެވެ

ތިލަމާލެ ބުރިޖުގައި މަސައްކަތް ކުރަމުންދިޔަ މީހަކު އަނބުރައިގަނެގެން ވެއްޓުމުން އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައެވެ. އެކަމަކު އޭނާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!