މަސްވެރިކަމާއި ގުޅޭ

IMG_7454

ވޯލްޑް ބޭންކުން ރާއްޖެ ސަރަހައްދަށް އައު ޑިރެކްޓަރެއް

ވޯލްޑް ބޭންކުން ދިވެހިރާއްޖެ، ނޭޕާލް އަދި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރަކަށް ޑޭވިޑް ސިސްލެން އައްޔަންކޮށްފިއެވެ. މީގެކުރިން އެ މަޤާމުގައި ހުންނެވީ ފާރިސް ހަދާދު-ޒެރްވޯސްއެވެ.

ރާއްޖެއަށް އައު ކަންޓްރީ ޑިރެކްޓަރެއް އައްޔަންކޮށްފައިވާކަން ހާމަކޮށް، ވޯލްޑް ބޭންކުން ބުނީ ޑޭވިޑް ސިސްލެން ރަސްމީކޮށް މަޤާމާއި ހަވާލުވާނީ ޖުލައިމަހުން ފެށިގެންކަމަށެވެ.

އެމެރިކާ އަދި އިޓަލީގެ ރަށްވެހިކަން އޮންނަ ސިސްލެން ވޯލްޑް ބޭންކާއި ގުޅުނީ 2001ވަނަ އަހަރުއެވެ. އޭނާވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި މަސައްކަތްކޮށްފައެވެ.

އެންމެފަހުން އޭނާ މަސައްކަތްކޮށްފައިވަނީ ލެޓިން އެމެރިކާ އަދި ކެރިބިއަން ސަރަހައްދުގެ ޕްރެކްޓަކްސް މެނޭޖަރަކަށެވެ.

ސިސްލެން ބުނީ ރާއްޖެ، ނޭޕާލް އަދި ސްރީލަންކާގެ ކަންޓްރީ ޑިރެކްޓަރގެ ހައިސިއްޔަތުން މި ޤައުމުތަކުގެ ސަރުކާރުތަކާއި، ތަރައްޤީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެނޫންވެސް ކަމާއި ގުޅުންހުރި އިތުރު ފަރާތްތަކާއެކު މަސައްކަތްކޮށް، އަވަސް ހަރުދަނާ ކުރިއެރުންތަކެއް ގެނައުމަށް މަސައްކަތްކުރައްވާނެ ކަ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!