448841046_853716033455098_4339607531656591644_n

އީދު މިސްކިތުގެ ފަންކާތައް އަނެއްކާވެސް ވަގުންގެ އަތް ދަށަށް، މި މަހު އެކަނި ދިހަ ފަންކާ ގެންގޮސްފި

މި މަހު އެކަނިވެސް މާލޭ އީދު މިސްކިތުގައި ހުރި ދިހަ ފަންކާއެއް ވަގުން ގެންގޮސްފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުން މިރޭ ކުރި ޕޯސްޓެއްގައި ބުނީ، އީދު މިސްކިތުން މި މަހު އެކަނިވެސް ދިހަ ފަންކާ ވަގަށް ގެންގޮސްފައިވާ ކަމަށާއި މިސްކިތުގެ ކެމެރާ ފުޓޭޖްތައް ނަގާ ފުލުހަށް މައްސަލަ ހުށައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ޕޯސްޓުގައި ވަނީ، މިސްކިތްތަކުން ވައްކަންކޮށް ތަކެއްޗަށް ގެއްލުންދީ ނުހެދުމަށް އިލްތިމާސްކޮށްފައެވެ.

އީދު މިސްކިތުން މީގެ ކުރިންވެސް ވަނީ އެކި ފަހަރުގެ މަތިން ފަންކާ ވަގަށް ނަގައިފައެވެ. އެ ފަދަ މައްސަލަތަކުގައި މީހުން ހައްޔަރުކޮށްފައިވެސް ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!