ހދ. ނޮޅިވަރަމް ގައި ސައިކަލާއެކު މޫދަށް ވެއްޓި މަރުވި ޒުވާނާ
ހދ. ނޮޅިވަރަމް ގައި ސައިކަލާއެކު މޫދަށް ވެއްޓި މަރުވި ޒުވާނާ

ނޮޅިވަރަމް ބަނދަރުމަތިން ސައިކަލާއެކު މޫދަށް ވެއްޓުނު މީހަކު މަރުވެއްޖެ

ހދ. ނޮޅިވަރަމް ގައި ސައިކަލާއެކު މޫދަށް ވެއްޓުނު ޒުވާނަކު މަރުވެއްޖެއެވެ.

މި ހާދިސާ ގައި މަރުވީ އެ ރަށު ގާޑްނިޔާވިލާ، އުމުރުން 32 އަހަރުގެ އިލްޔާސް އިބްރާހިމެވެ.

ފުލުހުން ބުނީ ނޮޅިވަރަމް ބަނދަރުން މީހަކު ސައިކަލާ އެކު މޫދަށް ވެއްޓިގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުންދާ ކަމުގެ ރިޕޯޓެއް ރޭ 9:15 ހާއިރު ލިބުނު ކަމަށެވެ. ހެލްތް ސެންޓަރު ގައި އެ މީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!