މަސްވެރިކަމާއި ގުޅޭ

Screenshot 2024-06-20 223945

ލަންކާގެ މަސްވެރިންތަކަކަށް ޔޫއެފްއޯތަކެއް ފެނިގެން ރިޕޯޓުކޮށްފި

ސްރީ ލަންކާގެ މަސްވެރިންތަކަކަށް ޔޫއެފްއޯތަކެއް ފެނިގެން ރިޕޯޓުކޮށްފިއެވެ.

މިކަން ހިނގާފައިވަނީ އެޤައުމުގެ ވަވުނިޔާ ޑިސްޓްރިކްޓުގައި ހިނގި ބިންހެލުމުގެ ހާދިސާއަކަށްފަހުއެވެ.

އަންއައިޑެންޓިފައިޓު ފްލައިއިން އޮބްޖެކްޓްސް (ޔޫއެފްއޯ) އަދި ދުނިޔެއިން ބޭރުން އަންނަ ގޮތް ނޭގޭ އެއްޗިއްސަށް ކިޔާ ނަމެވެ.

ލަންކާގެ މަސްވެރިން ބުނެފައިވަނީ އުޑުމަތިން ފެނުނީ ނޫ ކުލައިގެ ވަރަށް ގަދަޔަށް ދިއްލިފައި އިން ދެ އެތި ކަމަށެވެ. އަދި ވަރަށް މަޑުމަޑުން އޭތި އެކި ދިމާތަކަށް ދަތުރުކުރާ މަންޒަރު ފެނުނު ކަމަށެވެ.

މަސްވެރިންގެ މި ރިޕޯޓުތައް ވަރަށް ގާތުން ބަލަމުންދާކަމަށް އެގައުމުގެ ޖަފްނާ ޔުނިވަރސިޓީގެ ޖިއޯގްރަފީ ޑިޕާޓުމަންޓުންވަނީ ބުނެފައެވެ.

މީގެކުރިންވެސް މިފަދަ ހާދިސާއެއް މަސްވެރިންވަނީ 2004ވަނަ އަހަރުވެސް ރިޕޯޓުކޮށްފައެވެ. އެގޮތުން އެ ހާދިސާގައި ބިންހެލުމަށްފަހު ޔޫއެފްއޯތަކެއް ފެނިގެން މަސްވެރިންވަނީ ރިޕޯޓުކޮށްފައެވެ.

އެ ފަހަރުގެ ބިން ހެލުމާއި ގުޅިގެން ލަންކާއަށްވަނީ ސުނާމީ އަރާފައެވެ. އަދި އެ ހާދިސާގައި 30000އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

އަދި ސުނާމީއަށްފަހު އެ ޔޫއެފްއޯތައް ގެއްލުނު ކަމަށް މަސްވެރިން އެފަހަރު ރިޕޯޓުކޮށްފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!