މާލެ ސަރަހައްދަށް މިއަދު އިޙްސާސް ކުރެވޭ ހޫނުމިން ހުރީ 43 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީގައި ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓު)އިން އެ އިދާރާގެ ސްޓޭޝަންތައް ހުނަން 5 ހިސާބުގެ މިއަދު ފިނިހޫނުމިނާއި އިހްސާސް ކުރެވޭނެ ކަމަށް ލަފާކުރާ ފިނިހޫނުމިންތަކުގެ މައުލޫމާތުވަނީ އާއްމުކޮށްފައެވެ.
މި މައުލޫމާތަށް ބަލާއިރު،
ހަނިމާދޫ :
- ފިނުހޫނުމިން : 31.3 ޑިގްރީ ސެލްސިއަސް
- އިހުސާސް ކުރެވޭ ހޫނުމިން : 40.9 ޑިގްރީ ސެލްސިއަސް
ހުޅުލެ
- ފިނުހޫނުމިން : 32.8 ޑިގްރީ ސެލްސިއަސް
- އިހުސާސް ކުރެވޭ ހޫނުމިން : 43.7 ޑިގްރީ ސެލްސިއަސް
ކައްދޫ
- ފިނުހޫނުމިން : 30.0 ޑިގްރީ ސެލްސިއަސް
- އިހުސާސް ކުރެވޭ ހޫނުމިން : 38.0 ޑިގްރީ ސެލްސިއަސް
ކާޑެއްދޫ
- ފިނުހޫނުމިން : 30.4 ޑިގްރީ ސެލްސިއަސް
- އިހުސާސް ކުރެވޭ ހޫނުމިން : 38.3 ޑިގްރީ ސެލްސިއަސް
ގަން
- ފިނުހޫނުމިން : 29.6 ޑިގްރީ ސެލްސިއަސް
- އިހުސާސް ކުރެވޭ ހޫނުމިން : 37.3 ޑިގްރީ ސެލްސިއަސް
ހޫނު ގަދަވުމުގެ ސަބަބުން ދިމާވެދާނެ ބައެއް ޞިއްޙީ މައްސަލަތައް
* ވަރުދެރަވުން
* އަކުނިވަޔަށްދެމުން
* ބޮލުގައި ރިއްސައި ބޯއެނބުރުން
* ހަށިގަނޑުގައި ފެންމަދުވުން
* ލޮލަށް ލިބޭ ގެއްލުން
* ހަންގަނޑު އެނދުމުގެ ސަބަބުން ހަންގަނޑު ރަތްވެ، ފޮޅުނެގުން އަދި ކުދި ރަތް ބިހި ނެގުން
ހޫނުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން
* ބޭރަށްދާއިރު ކުޑަ ބޭނުންކުރުން
* ކުލަމަޑު އަދި ހަށިގަނޑު ނިވާވާފަދަ ދޫހެދުން ލުން
* ބޯ ނިވާވާނެފަދަ ފުޅާ ތޮތްޕެއް ބޭނުންކުރުން
* އަވީގައި އުޅޭއިރު ސަންލޯޝަން ބޭނުންކުރުން
* ހަށިގަނޑުން ފެން މަދުވިޔަނުދިނުމަށް ކަރުނު ހިއްކި ނަމަވެސް ގިނައިން ފެން ބުއިން
* އަވިއައިނު އެޅުން
* ހަށިގަނޑުން ފެން ބޭރުވިޔަ ނުދިނުމަށް ހަކުރު އެކުލެވޭ ބުއިންތައް މަދުކުރުން



