ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކު، އެ މައްސަލައިގެ ތަހުގީގު ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ގއ. މާމެންދޫ، ގްލޭނޫރަންމާގެ، އަހުމަދު ރަބީއު 26އ، އަށެވެ.
އޭނާ ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ އޭނާ އާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅާފައިވާ ކަމަށެވެ.
އެހެންކަމުން މި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅާ ނިމެންދެން، އަހުމަދު ރަބީއު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ދާދި ފަހުން މާލޭގެ ދެ ސަރަހެއްދެއްގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ވަނީ ހިންގާފައެވެ. މި މާރާމާރީގައި ތިން މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ވަނީ ފަރުވާދިފައެވެ.
މި މައްސަލަތަކާ ގުޅިގެން ފުލުހުން ވަނީ ބަޔަކު ހައްޔަރުކޮށްފައެވެ. އަދި ޝަރީއަތް ނިމެންދެން އެ މީހުން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުވެސް ކޮށްފައެވެ.



