IMG_5689

ފުވައްމުލަކު މީހަކު ގެއްލިގެން ހޯދަނީ

ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ 24 އަހަރުގެ ޒުވާން ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ، ފުވައްމުލަކު ސިޓީ، ދިގުވާޑޫ އެފްރޯގެ އަހްމަދު އިޔާޒް ވަސީމް، 24އ. ކަމަށެވެ.

އިޔާޒް އެންމެ ފަހުން ފެނިފައިވަނީ، މި މަހުގެ 14 ވަނަ ދުވަހު ކަމަށް އާއިލާއިން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އިޔާޒްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހެންވޭރު ފުލުހުންގެ ސްޓޭޝަން ނަމްބަރު 9400053 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!