އިމާދުއްދީން ސްކޫލް ކައިރީގައި ހުރެ ޖިންސީ ގުނަވަން ދެއްކި މީހަކު ހަައްޔަރުކޮށްފިއެވެ.
އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފުވި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ. މާލެހިޔާ، ނައުޝާދު މޫސާ، 30އ، އެވެ.
ނައުޝާދު ހައްޔަރު ކޮށްފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.
އެ މުއްދަތު ހަމަވެގެން އަލުން އޭނާ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އިތުރު 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.
އޭނާގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ އަކީ ކުށުގެ ރެކޯޑު އޮތް މީހެކެވެ. އަދި އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތައް ނުރައްކާވާނެ ކަމަށްވެސް އެ އަމުރުގައި ބުނެފައިވެއެވެ.



