މަސްވެރިކަމާއި ގުޅޭ

IMG_7484

ރާއްޖޭގެ ފަޅުރަށަކަށް ސޯމާލިއާގެ ބަޔަކު ލައްގައިފި

ސޯމާލިއާގެ ބަޔަކު ރާއްޖޭގެ ފަޅުރަށަކަށް ޑިންގީއެއްގައި ލައްގާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ނ. އަތޮޅު ވަވަތިއަށް މިއަދުގެ ވަގުތެއްގައި ސޯމާލިއާއަށް ނިސްބަތްވާ ބަޔަކު ލައްގާފައިވާ ކަމަށެވެ. ލައްގާފައިވާ ޑިންގީގައި ތިބީ ސޯމާލިއާއަށް ނިސްބަތްވާ ތިން މީހުން ކަމަށެވެ.ވަވަތިއަކީ ނ. އަތޮޅުގައި އޮންނަ ވެލާ ޕްރައިވެޓް އައިލޭންޑް ރިސޯޓާއި ކައިރިން އޮންނަ ފަޅު ރަށެކެވެ. މި ރަށަކީ ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެއްކަން ފާހަގަކޮށްލެވެއެވެ.

މިކަން މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!