މޫސުން ގޯސްވެ، ހއ. އިން ފެށިގެން ތ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ އެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ ގުގުރުމާ އެކު ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެ ކަމަަށް ބެލެވޭތީއާއި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަމަށެވެ.
މެޓުން ބުނި ގޮތުގައި ރާއްޖޭގެ ކަނޑުތައް ވެސް ގަދަވާނެ އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކުރިއިރު އީދު ޗުއްޓީ ނިންމައި ގިނަ ބަޔަކު ދަނީ ރަށްރަށަށް ދަތުރުކުރަމުންނެވެ.



