އެކްސްގައި ދިވެއްސަކު އިސްލާމްދީނަށް ފުރައްސާރަކޮށް، ކުރި ޕޯސްޓެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
އައިޝަތު ނަޒްހާގެ ނަމުގައިވާ އެކައުންޓަކުން އިއްޔެ ކުރި އެ ޕޯސްޓެއްގައި ވަނީ ޔޯގާ ހަރާންކަމަށް ބުނާތީ އެކަމުގެ ރައްދެއްގެ ގޮތުން، ފަރުޟު ހައްޖަކީ ޖޯކެއް ކަމަށް ސިފަކޮށްފަ އެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
މީގެ ކުރިން ވެސް ސޯޝަލް މީޑިއާގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މިގޮތަށް ދީނަށް ފުރައްސާރަކޮށްފައިވެ އެވެެ.



